މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް
މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް
ފަލަމަޑީގެ ބާވަތެއް ކަމަށްވާ އަލަ އާލާކުރުމުގެ މަޝްރޫޢެއް ފެށުމަށް ނިންމަވާފައިވާ ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަލީހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މަސައްކަތް ކުރިޔަށް ގެންދާނީ ފުވައްމުލަކުގައި ކަމަށެވެ. އަދި އަލަ އަކީ އެއްވެސް ކަހަލަ ކެމިކަލެއް ބޭނުން ނުކޮށް ހެއްދޭ ފައިދާ ހުރި ފަލަމަޑީގެ ބާވަތެއް ކަމަށްވެސް މިނިސްޓަރ މަލީޙް ވިދާޅުވެފައި ވެއެވެ.

މިނިސްޓަރގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ އަލައިގެ އިތުރު ވައްތަރުތައް ތަޢާރަފްކުރުމާއި، އަލަ އޮޅުތަކަށް ޖެހޭ ބަލިތައް ދެނެގަތުމާއި، އޮޅުތަކަށް ފެންދިނުމުގެ ވަސީލަތްތައް ތަރައްޤީކުރުންވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށް ގެންދަވާނެކަމަށެވެ.

މަލީހްގެ މިޓްވީޓާއި ގުޅިގެން ޢާއްމު ފަރާތަކުން ކޮށްފައިވާ ޓްވީޓަކަށް ޖަވާބު ދެއްވަމުން މަލީޙް ވިދާޅުވެފައިވަނީ މިއީ ހޮބީއެއްގެ ގޮތުން ކުރަށްވާ ކަމެއްކަމުގައެވެ. މަލީހަކީ ދިރިއުޅުއްވާ ގޭގައިވެސް ވަރަށް ފުޅާ ދާއިރާއެއްގައި ގަސް އިންދަވައިގެން ކާބޯތަކެއްޗާއި މާމެލާމެލީގެ ތަފާތު ބާވަތްތައް ހައްދަވާ ބޭފުޅެކެވެ.

ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ހީނަރުކަން އައިސްފައިވާ މި ދަނޑިވަޅުގައި މަލީޙްގެ މި އިސްނެންގެވުމަކީ ރަނގަޅު ފެށުމެއްކަމަށްވެސް ގިނަ ބަޔަކު ސޯޝަލް މީޑިއާ ގައި އަންނަނީ ފާހަގަކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


1

ޟަދީ

25-Mar-2020

އިންޓަރނެޓް އަގުހެޔޮ ކުރަން



ޓްރެންޑިން