ރައީސް އިބްރާހިމް މުހައްމަދު ސާލިޙަށް އިތުރު ފަސްއަހަރުގެ ދައުރެއް ދިނުން ނޫންގޮތެއް ނެތް ކަމަށާއި އެކަން ކުރަންޖެހޭ ކަމަށް ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހްގެ ކެމްޕެއިން ޓީމުގެ ފަރާތުން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ވިދާޅުވީ މަގުމަތީގައި ދަނޑިބުރި ހިފައިގެން ވެރިކަން ވައްޓަލާން ތިބެވެން ނެތް ކަމަށެވެ. ރައްޔިތުން ބޭނުންވި ކަންތައްތަށް މިދިޔަ ހަތަރު އަހަރުގެ ތެރޭގައި މަތީ ދަރަޖަ އަކަށް ކޮށްދިން ރައީސެއް ރައީސް ސޯލިހް ނޫނީ ފެންނަން ނެތް ކަމަށް ރާޝިދު ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ އާދޭސްތަކުގެ އަޑު އެއްސެވި ހަމައެކަނި ރައީސަކީ ވެސް އެމަނިކުފާނު ކަމަށް ރާޝިދު ވިދާޅުވިއެވެ. ރާއްޖެ އައިސްފަައިވާ ބިޔަ ބޮޑު ތަރައްގީއާއެކު އެތައް ވަޒީފާތަކެއް އުފެދިފައިވާއިރު ކުރިއަށް އޮތްތާގައި މާލެއާއި އަތޮޅުތަކުގައި އެތަށް ވަޒީފާއެއް އުފެދޭނެ ކަމަށް ރާޝިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ރައްޔިތުންގެ އަސާސީ ވަސީލަތް ތަރައްގީވުމާއެކު އަނބިދަރިންނާއެކު ރީއްޗަށް ކައިބޮއި ހަދާލައިގެން ވަޒީފާއެއްގައި އަނބިދަރިން ކައިރީގައި އުޅެން ލިބުނު ފުރުސަތު އެއީ ނޫންތޯ؟ އަޅުގަނޑުމެން ބޭނުންވާ ގޮތަކީ މަގުމަތީގައި ދަނޑިބުރި ހިފައިގެން އަނެއްކާވެސް ވެރިކަން ވައްޓާލާފައި އެހެން ބަޔަކަށް ވެރިކަންދީފައި, އަޅުގަނޑުމެން އުޅެންވީތޯ؟ އެގޮތަށް އުޅެވޭކަށް ނުތިބެވޭނެ އަޅުގަނޑުމެންނަކަށް." ރާޝިދު ވިދާޅުވިއެވެ.

މީގެ އިތުރުން ރާޝިދު ވިދާޅުވީ ރައްޔިތުންނަށް ފައިދާ ހުރި ވެރިކަމެއް ކޮށްދެނީ އެމްޑީޕީން ކަމަށެވެ. އެމްޑީޕީ ނޫން ބަޔަކަށް ރައްޔިތުންނަށް ފައިދާ ހުރި ވެރިކަމެއް ނުކޮށްދެވޭނެ ކަމަށާއި ނުވެސް ކޮށްދޭނެ ކަމަށް ރާޝިދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު