ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ހެޔޮ ވެރިކަމެއްގެ ހުރިހާ ސިފަތަކެއް ހުރި ބޭފުޅެއްކަން ސާބިތުކޮށްދެއްވާފައިވާ ކަމަށް ޑީއާރްޕީގެ ކުރީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޓީމްގެ ފަރާތުން ރޭ ދަނޑިކޮށި ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙަކީ ހެޔޮ ވެރިކަމެއް ކުރަން ބޭނުންވާ ހުރިހާ ސިފަތަކެއް ހުރި ބޭފުޅެއް ކަން ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ސާބިތު ކޮށްދީފައިވާ ކަމަށެވެ.
ކޯވިޑްގެ ބަލިމަޑުކަމާއި ރަޝިއާ-ޔުކްރޭން ހަނގުރާމަ ފަދަ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ދިވެހި ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ ހަރަކާތްތައް ކުރިއަށް ގެންދެވި ގޮތަށް ބަލާއިރު ރައީސް ސޯލިހަކީ ވެރިކަމަށް އެންމެ ގާބިލް ބޭފުޅާކަން ސާބިތުވާ ކަމަށް ވަޒީރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް ކަމުގެ މަގާމު ވެސް އަދާކުރެއްވި ތަސްމީން ވިދާޅުވިއެވެ.
މީގެ އިތުރުން ބ. ކެންދޫ ދާއިރާގެ ކުރީގެ މެމްބަރުކަން ކުރެއްވި ތަސްމީން ވިދާޅުވީ ރިޔާސީ އިންތިޚާބާއި ކުރިމަތިލާއިރު ރައީސް ޔާމީންގެ ވެރިކަމުގައި ހުރި ބޭއިންސާފުގެ ސިފަތައް އަލުން އިއާދަވެ ނުދިނުމަށް އޮތް މަގު އިޚްތިޔާރު ކުރުމަށް ހަނދާން ކުރުން މުހިންމު ކަމަށް ތަސްމީން ވިދާޅުވިއެެވެ. އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ރައީސް ސޯލިހް އިޚްތިޔާރު ކުރަން ޖެހޭ ކަމަށް ތަސްމީން ވިދާޅުވިއެވެ.
"ރައީސް ޔާމީންގެ އަނިޔާވެރި ޚުދުމުޚުތާރު ކޮރަޕްޓް ސިފަތައް އަލުން އަޅުގަނޑުމެންގެ ތެރޭގައި އިޔާދަ ވިޔަ ނުދިނުމަށްޓަކައި އަޅުގަނޑުމެން އިޚްތިޔާރު ކުރަންޖެހޭ ކެންޑިޑޭޓަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް." ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމުގެ މަގާމުގައި ހުންނެވި ތަސްމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު