އެމްޑީޕީގެ އަސްލު ރޫޙު ދެމެހެއްޓޭނެ ވިސްނުންފުޅު ހުރި ހިކުމަތްތެރި ހަމައެކަނި ލީޑަރަކީ ރައީސް، އިބްރާހިމް މުހައްމަދު ސާލިޙުކަމަށް އެޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހްގެ ކެމްޕެއިން ޓީމުގެ ފަރާތުން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވިދާޅުވީ އެޕާޓީގެ އަސާސީ ގަވާއިދު ނަގަހައްޓައި ޕާޓީގެ އަސްލު ރޫޙު ދެމެހެއްޓޭނެ ވިސްނުން ހުރި ހިކުމަތްތެރި ލީޑަރަކީ ރައީސް ސޯލިހު ކަމަށެވެ.
ރައީސް ނަޝީދުގެ ސަރުކާރުގައި ފިޝަރީޒް މިނިސްޓަރު ކަން ކުރެއްވި ޑރ.ޑީޑީ ވިދާޅުވީ 2013 ވަަނަ އަހަރު ހުރިހާ ނުފޫޒަކާއި ބާރެއް ބޭނުންކުރަށްވައި ގައުމީ މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ރައީސް ނަޝީދު ޕްެރައިމަރީއަކާއި ނުލައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވި ކަމަށެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެޖޯރިޓީ މިއަދު އޮތީ އިސްލީޑަރު ރައީސް ސޯލިހަށް ކަމަށާއި ޕްރައިމަރީ އަކާއި ނުލައި ރައީސް ސޯލިހަށް ޓިކެޓް ހޯއްދެވުމުގެ ފުރުސަތު އޮތްއިރު އެމަނިކުފާނު އެކަން ކުރަށްވަން ބޭނުންފުޅުވެވަޑައިނުގެންނެވި ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.
"އެންމެ ފަހުން ބޭއްވި ގައުމީ މަޖިލީހުގެ ކޮންގުރެސްގެ ފުރިހަމަ މެޖޯރިޓީ އޮތީ ރައީސް ސޯލިހަށް، ކޮންގުރެސްމަނުންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން ރައީސް އަރިހު ދެންނެވި ޕާޓީގެ ޓިކެޓްގައި ރައީސް ކަމުގެ ހުންނަވާ ބޭފުޅަކަށް އެހެން ގައުމުތަކުގައި އޮންނަ އުސޫލުން ޕްރައިމަރީއަކާއި ނުލައި ޓިކެޓް އަރުވަން ތިމަންނަމެން ބޭނުމޭ، އެހެން ނަމަވެސް ރައީސް ސޯލިހް އިސްކުރެއްވީ ޕާޓީގެ އަސާސީ ގަވާއިދު. އެހެންވީމަ އަޅުގަނޑުމެންނަށް އެބައެނގޭ ޕާޓީގެ އަސާސީ ގަވާއިދު ނަގަހައްޓައި ދެމެހެއްޓުމުގެ ހިތްވަރާއި ގާބިލްކަމާއި އިހުލާސްތެރިކަން ހުރި ހަމައެކަނި ލީޑަރަކީ ރައީސް ސޯލިޙް." ޑރ.ޑީޑީ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ.ޑީޑީ ވިދާޅުވީ ރައީސް ސޯލިހްގެ އިސްތަށިފުޅުގައި ނުވަތަ ބަނޑުފުޅުގައި ބަޑިޖެއްސިއަސް އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ އެކައުންޓްގައި 100 މިލިއަން ރުފިޔާ ނުހުންނާނެ ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުޑަ އަގެއްގައި ރައްޔިތުންނަށް ދަތުރުފަތުރު ކުރެވޭނެ ގޮތް ހަމަޖައްސަވައި އާރުޓީއެލް ފެރީގެ ނިޒާމުން ރަައީސް ސޯލިހް މުޅިރާއްޖެ ގުޅާލެއްވީ ރަށްޓެހިންނަށް ފަޅުރަށްތައް ބައްސަވައިގެން ނޫން ކަމަށެވެ. ޑރ.ޑީޑީ ވިދާޅުވީ މުޅި ދުނިޔެއަށް އައިސްފައިވާ އިގްތިސާދީ ހީނަރުކަމުގެ ތެރެއިން ސިވިލް ސާވިސް އާއި ސިޔާސީ ބޭފުޅުންނާއި ފުލުހުންނާއި ސިފައިންގެ މުސާރައިން ލޯ ލާރިއެއް ވެސް ސަރުކާރުން އުނިކޮށްފައިނުވާ ކަމަށެވެ. އަދި އިގްތިސާދީ ހީނަރުކަމާއި އެކުވެސް ތަރައްގީގެ ޕްރޮޖެކްޓްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަނީ ރައީސް ސޯލިހްގެ ހިކުމަތު އަމަލީގެ ކުޅަނދާނަކަމުން ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.
ޑީޑީ ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ބްރިޖެއް ނޭޅުނު ކަމަށެވެ. އެހެން ނަަމަވެސް ރައީސް ސޯލިހްގެ ޒައާމަތުގައި ތިލަމާލެ ބިޔަ ބޮޑު ބްރިޖްގެ މަސައްކަތް "ހަބޭހަށް" ކުރިއަށް އެބަދާ ކަމަށް ޑީޑީ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ޑީޑީ ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދަވާ ބޭފުޅަކީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު އޮތް ބޭފުޅެއްތޯ ބަލަންޖެހޭ ކަމަށެވެ. އެގޮތުން ކޯލިޝަން ސަރުކާރެއް ދެެމެހެއްޓުމުގެ ރިކޯޑް ވެސް އޮތީ ރައީސް ސޯލިހަށް ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ. އަދި ރައީސަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންފިނަމަ އެހެން ޕާޓީތަކުގެ ތާއިދު ވެސް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ތާރިޚަށް ބަލާއިރު ފެންނަން އޮތް ހަގީގަތަކީ 2018 ވަނަ އަހަރު ރައީސް ސޯލިހް ކޯލިޝަން ކެންޑިޑޭޓަކަށް ހުންނަވައިގެން ހޯއްދެވި ކާމިޔާބީއަކީ މި ރާއްޖޭގެ ސިޔާސީ ތާރިޚުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ކެންޑިޑޭޓް، އޭރު އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ބޭފުޅުން ޖަލުގަޔާއި ރާއްޖެއިން ބޭރުގައި ބަންދުގަޔާއި އެކިގޮތްގޮތަށް ތާށިވެފައި ތިބީ. އޭރު މަޝްވަރާކުރެވުނު ޖޭޕީގެ ލީޑަރު ގާސިމާ، ޖޭޕީގެ ލީޑަރު ވިދާޅުވީ އެމްޑީޕީގެ ފަރާތުން ރައީސް ނަޝީދު ތިބޭފުޅުން ނެރުއްވައިފި ކަމަށް ވައްޏާ ތިމަންނަ ކޯލިޝަނަކަށް ތާއިދެއްް ނުކުރާނަމޭ، އެހެންވީމަ އަޅުގަނޑަށް އެބަ ގަބޫލުކުރެވޭ 2023ގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހަށް ކަށަވަރުވެއްޖެ ކަމަށް ވައްޏާ ރާއްޖޭގައި ތިބި އިދިކޮޅު ސިޔާސީޕާޓީ ތަކުގެ ލޯތްބާއި އިހުތިރާމް ލިބޭނެ ހަމައެކަނި ކެންޑިޑޭޓަކީ ވެސް ރައީސް ސޯލިހްކަން." އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ޑރ. ޑީޑީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު