ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަކީ ކަންކަމަށް "ރިއެކްޓް" ނުކުރައްވާ ބޭފުޅެއްކަމަށް ވިދާޅުވެ، މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ސާލިހުގެ ކެމްޕެއިން ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ޕާޓީގެ ރައީސާއި ޕާޓީގެ އިސް ލީޑަރު ވާދަކުރާތަން ފެނުމަކީ ދެކެން ބޭނުންވާ މަންޒަރެއް ނޫންކަމަަށެވެ. އަދި ރައީސް ނަޝީދު ޕްރައިމަރީގައި ވާދަކުރައްވާތީ ވަރަށް ގިނަ ބޭފުޅުން ސުވާލު ކުރައްވާ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
"ވަރަށް ގިނަ މީހުން އެބަ ބުނޭ ރައީސް ނަޝީދަށް ކޯޗެއްތޯއޭ މަދުވެގެން އުޅެނީ. އެމަނިކުފާނު އެ ހުންނެވީ ޕާޓީގެ ރައީސްކަމުގެ މަގާމުގައޭ. އަދި އެމަނިކުފާނު އެ ހުންނެވީ ތިން ބާރުގެ ތެރެއިން އެއް ބާރުގެ ރައީސްކަމުގެ މަގާމުގައޭ. އެހެންވީމަ ކޯޗެއް މަދުވެގެންތޯ ރަނގަޅަށް ހިނގާ ސަރުކާރާއި ދެކޮޅަށް އެހާ ބޮޑަށް ހިތްޕުޅާއި ނުވެގެން އެ ވާހަކަ ދެކެވެނީ. މިއީ ހަމަ މާލެ މީހުން އަޅުގަނޑު ގާތު އަހާ ވާހަކައެއް." މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވަނީ ރައީސް ސާލިހަށް ތާއީދުކުރައްވާ ސަބަބުތަކާއި ގުޅޭ ގޮތުންވެސް މިރޭ ވާހަކަދައްކަވާފައެވެ.
"ރައީސް ސާލީހާއެކު މިހިރީ ކޮށްދެއްވާ ހެޔޮވެރިކަން ފެންނާތީ. 2008 ގައިވެސް އެމްޑީޕީގެ ވެރިކަމެއް ގެނެވުނު. ވަކި ހިސާބަކުން ހުރިހާ ވަޒީރުން އިސްތިއުފާ ދެއްވަން ވިދާޅުވެއްޖެ. އެކަމަކު މިއަދު މި ފެންނަނީ އެތައް ގޮންޖެހުމަކާއެކުވެސް، ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ކޯލިޝަން ސަރުކާރެއް ދަމަހައްޓާ މަންޒަރު. ކޯލިޝަން ޕާޓްނަރުން ގޮވައިގެން އުޅުން ފަސޭހައެއް ނުވާނެ. އެކަމަކު އެއް ޕާޓީއަކަށް ވެރިކަން ދޭ ގޮތަކަށް ނޫން ރައްޔިތުންެ ތިބީ. އެހެންވީމަ ކޯލިޝަން މުހިއްމީ." މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ރައީސް ސާލިހު ރިއެކްޓް ނުކުރައްވާކަމަށް ވިދާޅުވެ ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވުމުން ދެރަވާކަމަށެވެ. އަދި އެމްޑީޕީއަކީ ރިއެކްޓް ކުރާ ޕާޓީއެއް ނޫންކަމަށާއި އަބަދުވެސް 6 ކުޅި ކުރިއަށް ކުޅޭ ވާހަކަ ދައްކާ ޕާޓީއެއް ކަމަށެވެ.
މާރިޔާ ވިދާޅުވީ 6 ކުޅި ކުރިއަށް ކުޅޭ ވާހަކަ ދައްކާފައި، މިހާހިސާބަށް އައިސް ރިއެކްޓްގެ ވާހަކަ ދެއްކީމަ އެކަމަނާ ވަރަށް ދެރަވާކަމަށާއި އެއީ ޕާޓީގެ ވިސްނުމާއި ވަރަށް ބީރަށްޓެހި ވާހަކައެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު