ރާއްޖެއިން ބޭރުގެ މާކެޓްތަކަށް ރާއްޖޭގެ އުފެއްދުންތައް އެކްސްޕޯޓްކުރާ ފަރާތްތަކަށް ފަސޭހަކޮށްދިނުމަށް ކޮންޓެއިނަރ ފޮނުވުމަށް ނަގާ ޓްރާންސްފަރ ފީގެ އަގު އެމްޕީއެލުން ވަރަށް ބޮޑަށް ކުޑަކޮށްފިއެވެ.
އެމްޕީއެލުން ބުނީ އަންނަ އާދީއްތަދުވަހުން ފެށިގެން އަގުތަކަށް ގެންނަ ބަދަލާއެކު އެކްސްޕޯޓް ކޮންޓެއިނަރ ޓްރާންސްފާގެ 20 ފޫޓް ކޮންޓެއިނަރއަކަށް ޖީއެސްޓީ ނުލައި ދައްކަންޖެހޭނީ 1132.08 ރުފިޔާ ކަމަށެވެ. ކުރިން 20 ފޫޓްގެ ކޮންޓެއިނަރަކަށް ނަގަމުން އައީ 4419.03 ރުފިޔާއެވެ. އަދި މިހާރު 40 ފޫޓްގެ ކޮންޓެއިނަރ އަކަށް 8767.51 ރުފިޔާނެގި ނަމަވެސް އަންނަ މަހުގެ އެކަކުން ފެށިގެން ނަގާނީ 2264.15 ރުފިޔާއެވެ.
މިބަދަލަކީ ރާއްޖެއިން މުދާ އެކްސްޕޯޓްކުރާ ފަރާތްތަކަށް ވާދަވެރި އަގުތަކެއްގައި ބައިނަލްއަޤްވާމީ ބާޒާރުގައި ދިވެހި އުފެއްދުންތައް ވިއްކުމުގެ މަގު ފަހިވެގެންދާނެ ކަމެއް ކަމަށް އެމްޕީއެލުން ބުނެއެވެ. އަދި މިއީ ރާއްޖޭގެ އެކްސްޕޯޓް ވިޔަފާރި އިތުރަށް ކުރިއަރުވައި އެކްސްޕޯޓް ވިޔަފާރީގައި ވާދަކުރާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން ގެނައި ބަދަލެއްކަމަށްވެސް އެމްޕީއެލުން ބުނެއެވެ.
ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ.
އެމްޕީއެލުން ވަނީ އެކްސްޕޯޓް ކޮންޓެއިނަރ ޓެރިފަށް ގެނައި ބަދަލާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭރަށް ކަނޑުމަހުގެ ބާވަތްތައް އެކްސްޕޯޓްކުރާ ފަރާތްތަކާ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރާ ފަރާތްތަކުންވެސް ވަނީ އެފަރާތްތަކަށް މިހާރު ދިމާވެފައިވާ ދަތިތައް ހިއްސާކޮށްފައެވެ.

Our CEO, @shahid2742, met with Maldives' major exporters to discuss the revisions made to export container transfer tariffs.
— Maldives Ports Limited (@Portmv) December 29, 2022
We will continue to collaborate closely with industry leaders to support economic growth and trade in our primary sectors. pic.twitter.com/glHDVrMVFC
ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ.
އެމްޕީއެލުން ވަނީ އެކްސްޕޯޓް ކޮންޓެއިނަރ ޓެރިފަށް ގެނައި ބަދަލާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭރަށް ކަނޑުމަހުގެ ބާވަތްތައް އެކްސްޕޯޓްކުރާ ފަރާތްތަކާ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރާ ފަރާތްތަކުންވެސް ވަނީ އެފަރާތްތަކަށް މިހާރު ދިމާވެފައިވާ ދަތިތައް ހިއްސާކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު