ޚާރިޖީ ސިޔާސަތާއި އެ ސިޔާސަތާއިގުޅޭ މުހިންމު މައްސަލަތަކާއި ގުޅޭގޮތުން ދައުލަތުގެ އިދާރާތަކާއި، ސްކޫލް ދަރިވަރުން ހިމެނޭހެން އަހުލުވެރިކޮށް ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތަކެއް ހިންގަން ފޮރިން ސާރވިސް އިންސްޓިޓިއުޓުން ނިންމައިފިއެވެ.
ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނަށް މިހާރު ޢަމަލު ކުރަން ފަށާފައިވާތީ، ފޮރިން މިނިސްޓްރީގެ ދަށުން ހިންގަމުން އައި ފޮރިން ސަރވިސް އިންސްޓިޓިއުޓް (ފޮސިމް)ގެ އެންމެހާ މަސައްކަތްތައް ޤާނޫނުގެ ދަށުން ބާރު ލިބިގެން ކުރިއަށްގެންދެވޭ އިންސްޓިޓިއުޓަކަށް މިހާރު ވަނީ ބަދަލުވެފައެވެ.
ދިވެހިރާއްޖޭގެ ފޮރިން ސާރވިސް ޤާނޫނުގައިވާ ގޮތުގެ މަތީން، ފޮރިން ސަރވިސް އިންސްޓިޓިއުޓްގެ ޒިންމާތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތާއި، ޚާރިޖީ ސިޔާސަތާގުޅޭ މުހިންމު މައްސަލަތަކާއި ގުޅޭގޮތުން ދައުލަތުގެ އިދާރާތަކާއި، ޢާންމުންނާއި، ކިޔަވާކުދިން އަހުލުވެރިކޮށް، ހޭލުންތެރިކަން އިތުރުކުރުމަކީ ފޮރިން ސާރވިސް އިންސްޓިޓިއުޓުގެ މަސައްކަތްތަކުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ.
ފޮރިން މިނިސްޓްރީން ބުނީ މި އިންސްޓިޓިއުޓުން ކުރިއަށް ގެންދާ ފޮސިމް އައުޓްރީޗް ޕްރޮގްރާމުގެ ދަށުން ޚާރިޖީ ސިޔާސަތާއި، ޚާރިޖީ ސިޔާސަތާއި ގުޅޭ ހާއްސަ ކަންތައްތަކާއި، މި ސިޔާސަތުގެދަށުން ކުރެވެމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ދިނުމަށް ތަފާތު އެކި މޮޑިއުލް ތަކަކަށް ބަހާލައިގެން ޕްރޮގްރާމްތަކެއް 2023 ވަނަ އަހަރުން ފެށިގެން ހިންގުމުގެ ތައްޔާރީތައް ފޮރިން ސާރވިސް އިންސްޓިޓިއުޓުން ކުރިއަށް ގެންދަން ވަނީ ނިންމާފައިކަމަށެވެ. އަދި މި ޕްރޮގްރާމްތައް އަމާޒުކުރެވޭނީ ސަރުކާރު ވުޒާރާތަކާއި، ސްކޫލް، އަދި ޔުނިވާރސިޓީތަކުގެ ދަރިވަރުންނަށްކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
އައުޓްރީޗް ޕްރޮގްރާމްގައި ހިންގޭ ސެޝަންތަކުގެ ތެރޭގައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި، ބައިލެޓެރަލް އަދި މަލްޓިލެޓެރަލް ގުޅުންތަކާއި، ކޮމާރޝަލް ޑިޕްލޮމަސީ، ކޮންސިއުލަރ އަދި ޕްރޮޓޮކޯލްތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރުމުގެ ސެޝަންތައް ކުރިއަށް ދާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު