އަހުމަދު މަސްނޫމް   29 ޑިސެމްބަރު 2022 - 14:47
4 ރަށެއްގެ ތަރައްޤީގެ މަޝްރޫޢުތަކެއް ޕްލޭނިންގ މިނިސްޓްރީން ކުންފުނިތަކާ ހަވާލުކޮށްފިއެވެ.

މިއަދު ހަވާލުކުރި މަޝްރޫޢުތަކަކީ ލ. ގަން މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް، ގއ. ދެއްވަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް، ނ. ވެލިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަދި ނ. ޅޮހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތެވެ.

ލ.ގަން މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ހަވާލުކުރީ މޯލްޑިވްސް ރޯޑް ޑިވަލޮޕްމަންޓް ކޯރޕަރޭޝަނާއެވެ. 104،040،237 ރުފިޔާއަށް މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 600 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.



ގއ.ދެއްވަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮޕްމެނީއާ ހަވާލުކުރީ 24،160،580 ރުފިޔާއަށެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމުމަށެެވެ.



ނ. ވެލިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮޕްމެނީއާއެވެ. 50،042،766 ރުފިޔާއަށް މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 500 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.



ނ. ޅޮހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 68،768،934.82 ރުފިޔާއަށެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 640 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.



ކިޔުންތެރިންގެ ހިޔާލު