ވަކީލުންގެ އަތުން އިތުރު ފީތަކެއް ނަގާ ގޮތަށް ބާ ކައުންސިލުން ނިންމައިފިއެވެ.
ވަކީލުންގެ އަތުން އިތުރު ފީތަކެއް ނަގަން ބާ ކައުންސިލުން ނިންމާފައިވަނީ އަންނަ ޖެނުއަރީ މަހުން ފެށިގެނެވެ. މިގޮތަށް ނިންމީ އަންނަ އަހަރަށް އެ ކައުންސިލަށް ކަނޑައެޅި ބަޖެޓް ކުޑަކަމަށް ބުނެއެވެ.
ބަޖެޓް ފައިސާ ހޯދުމުގެ ގޮތުން ބާ ކައުންސިލުން ދެމުންދާ ހިދުމަތްތަކާ ގުޅޭ ފީތައް ބޮޑުކުރުމުގެ އިތުރުން، ބައެއް އައު ފީތައްވެސް ނަގަން ވަނީ ނިންމާފައެވެ.
ބާ ކައުންސިލުން ފީތައް ބޮޑުކުރުމުން ވަކީލު ކަމުގެ ހުއްދަ ދޫކުރާނީ 2،000 ރުފިޔާއަށެވެ، ސުޕްރީމް ކޯޓުގެ ހުއްދަ 2،000ރ، ހައި ކޯޓުގެ ހުއްދަ1،500ރ، ޕަބްލިކް ނޯޓަރީގެ ހުއްދަ އަހަރަކު 2،000ރ، ލޯފާމްގެ ރަޖިސްޓްރީ އަހަރަކު 2،000ރ، ލީގަލް ޕްރެކްޓިސްގެ ރަޖިސްޓްރީ އަހަރަކު 1،000 ރ އަދި ވަކީލު ލައިސަންސް ކާޑު ހެއްދުމާއި އާކުރަން 500 ރުފިޔާއެވެ.
މި ފީތަކުގެ އިތުރުންވެސް ގިނަ ފީތަކެއް ބާ ކައުންސިލުން ވަނީ ބޮޑުކޮށްފައެވެ.
މިނިވަން މުސްތަޤިއްލު މުޢައްސަސާއެއްގެ ގޮތުގައި އުފައްދާފައިވާ ބާ ކައުންސިލްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ޙިމާޔަތް ކުރުމާއި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަދީ ޤާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހާ ކަންކަން ރެގިއުލޭޓުކޮށް ބެލެހެއްޓުމެވެ.

BCM Fee Schedule, effective from 1st January 2023 pic.twitter.com/kXHXMrbD0u
— Bar Council of the Maldives (@MvBarCouncil) December 28, 2022
ބާ ކައުންސިލުން ފީތައް ބޮޑުކުރުމުން ވަކީލު ކަމުގެ ހުއްދަ ދޫކުރާނީ 2،000 ރުފިޔާއަށެވެ، ސުޕްރީމް ކޯޓުގެ ހުއްދަ 2،000ރ، ހައި ކޯޓުގެ ހުއްދަ1،500ރ، ޕަބްލިކް ނޯޓަރީގެ ހުއްދަ އަހަރަކު 2،000ރ، ލޯފާމްގެ ރަޖިސްޓްރީ އަހަރަކު 2،000ރ، ލީގަލް ޕްރެކްޓިސްގެ ރަޖިސްޓްރީ އަހަރަކު 1،000 ރ އަދި ވަކީލު ލައިސަންސް ކާޑު ހެއްދުމާއި އާކުރަން 500 ރުފިޔާއެވެ.
މި ފީތަކުގެ އިތުރުންވެސް ގިނަ ފީތަކެއް ބާ ކައުންސިލުން ވަނީ ބޮޑުކޮށްފައެވެ.
މިނިވަން މުސްތަޤިއްލު މުޢައްސަސާއެއްގެ ގޮތުގައި އުފައްދާފައިވާ ބާ ކައުންސިލްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ޙިމާޔަތް ކުރުމާއި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަދީ ޤާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހާ ކަންކަން ރެގިއުލޭޓުކޮށް ބެލެހެއްޓުމެވެ.
ކިޔުންތެރިންގެ ހިޔާލު