ތ. ކިނބިދޫ، ލ. ދަނބިދޫ، މ. މުލައްގައި ކުންޏާއި ވަޞީލަތް މެނޭޖުކުރާ މަރުކަޒު ޤާއިމުކުރުމަށްޓަކައި ލައިކޯ ކޮންސްޓްރަކްޝަން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.
މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އަންސާރެވެ. ލައިކޯ ކޮންސްޓްރަކްޝަން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ ޢަލީ ރަމީޒެވެ.
މިއަދު ހަވާލުކުރި މި ތިން މަޝްރޫއުގެ އަގަކީ ޖުމްލަ 11،569،542 ރުފިޔާ އެވެ. މިގޮތުން މ. މުލައް ސެންޓަރު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އަގަކީ, 3،941،545 ރުފިޔާ އަދި ލ. ދަނބިދޫ ގެ މަސައްކަތުގެ އަގަކީ 4،200،495 ރުފިޔާއެވެ. އަދި ތ. ކިނބިދޫގެ މަސައްކަތުގެ އަގަކީ 3،427،501 ރުފިޔާއެވެ.
މި ތިން މަޝްރޫއު ނިންމާލެވޭނެ ކަމަށް ބެލެވެނީ މަސައްކަތް ފަށާ ތާރީޚުން ފެށިގެން ގާތްގަނޑަކަށް 180 ދުވަސް (ހަ މަސް ދުވަސް) ތެރޭގައެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީއިން މަޢުލޫމާތު ދީފައިވާގޮތުން އެ މަޝްރޫޢު ނިމުމުން، މ. ދިއްގަރު ކުންޏާއި ވަޞީލަތް މެނޭޖުކުރާ މަރުކަޒުގައި ކުނި ވަކިކޮށް، އަލުންބޭނުން ހިފޭ ކުނި ރައްކާކޮށް، އަދި ނައްތާ ނުލެވޭ ޒާތުގެ ކުނި ކަނޑައެޅިފައިވާ ސަރަހައްދީ ކުނި މެނޭޖުކުރާ މަރުކަޒަކަށް ގެންދިއުމަށް މަގުފަހި ވެގެންދާނެކަމަށެވެ. އެހެންކަމުން ތ.ކިނބިދޫ، ލ.ދަނބިދޫ އަދި މ.މުލައް ކުނި މެނޭޖުކުރާ ނިޒާމް ހަރުދަނާ ކުރުމަށް މި މަޝްރޫޢު ބޮޑު ބާރަކަށް ވެގެންދާނެއިރު، މި ކުންޏާއި ވަޞީލަތް މެނޭޖުކުރާ މަރުކަޒާއެކު އެރަށުގައި ކުނި އެންދުމާއި، ކުނި މާ ގިނައިން ރަށުގައި ޖަމާވެ ދިމާވާ މައްސަލަތަކަށް ޙައްލެއް ލިބިގެންދާނެ ކަމުގައި އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ ރަށު ފެންވަރުގައި އެފަދަ މަރުކަޒެއް ޤާއިމުވުމުން ސިއްޙަތަށާއި ތިމާވެއްޓަށް ގިނަ ފައިދާތަކެއް ލިބިދިނުމުގެ އިތުރުން އިޤްތިސާދަށް ވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެ ކަމަށެވެ.
މި މަޝްރޫޢުގެ ތެރެއިން ޤާއިމުކުރެވޭ ކުނި މެނޭޖްކުރާ މަރުކަޒުތަކީ ޒަމާނީ ފެންވަރަށް ތައްޔާރުކުރެވޭ މަރުކަޒެކެވެ. މިގޮތުން އަލަށް ޑިޒައިން ކުރެވިފައިވާ މި މަރުކަޒުތަށް ޖާގައިގެ ގޮތުން ތަަނަވަސް ވެފައި މި މަރުކަޒުތައް ހިންގުމަށް ބޭނުންވާ އޮފީހެއްގެ އިތުރަށް، ފާޚާނާ، ސްޓޯރޭޖް، ކުނި ބައިބަޔަށް ވަކިކޮށްފައި ބަހައްޓާނެ ޖާގަ، އަދި ނުރައްކާތެރި ކުނި ބެހެއްޓުމަށް ހާއްސަ ޖާގައެއް ހިމެނެއެވެ. އަދި ހަމަ އެއާއެކު މި މަރުކަޒުތަކަށް ގެނެވޭ ކުނީގެ ބަރުދަން ބެލުމަށް ވެއިންގ ސްކޭލްވެސް އަވަސް މުސްތަޤުބަލެއްގައި ބެހެއްޓިގެންދާނެއެވެ.
މި ދެ މަޝްރޫޢު ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ޒޯން 2، 4 އަދި 5 ގައި ތަންފީޛު ކުރަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަޓް ޕްރޮޖެކްޓް މެދުވެރިކޮށް ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުންނެވެ.

ތ.ކިނބިދޫ، ލ.ދަނބިދޫ އަދި މ.މުލަކުގެ ކުންޏާއި ވަޞީލަތް މެނޭޖުކުރާ މަރުކަޒު ޤާއިމުކުރުމަށްޓަކައި ލައިކޯ ކޮންސްޓްރަކްޝަން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީއާއި އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފި. pic.twitter.com/YAoq8QyYuv
— Min. of Environment, Climate Change and Technology (@MoEnvmv) December 29, 2022
އެންވަޔަރަންމަންޓް މިނިސްޓްރީއިން މަޢުލޫމާތު ދީފައިވާގޮތުން އެ މަޝްރޫޢު ނިމުމުން، މ. ދިއްގަރު ކުންޏާއި ވަޞީލަތް މެނޭޖުކުރާ މަރުކަޒުގައި ކުނި ވަކިކޮށް، އަލުންބޭނުން ހިފޭ ކުނި ރައްކާކޮށް، އަދި ނައްތާ ނުލެވޭ ޒާތުގެ ކުނި ކަނޑައެޅިފައިވާ ސަރަހައްދީ ކުނި މެނޭޖުކުރާ މަރުކަޒަކަށް ގެންދިއުމަށް މަގުފަހި ވެގެންދާނެކަމަށެވެ. އެހެންކަމުން ތ.ކިނބިދޫ، ލ.ދަނބިދޫ އަދި މ.މުލައް ކުނި މެނޭޖުކުރާ ނިޒާމް ހަރުދަނާ ކުރުމަށް މި މަޝްރޫޢު ބޮޑު ބާރަކަށް ވެގެންދާނެއިރު، މި ކުންޏާއި ވަޞީލަތް މެނޭޖުކުރާ މަރުކަޒާއެކު އެރަށުގައި ކުނި އެންދުމާއި، ކުނި މާ ގިނައިން ރަށުގައި ޖަމާވެ ދިމާވާ މައްސަލަތަކަށް ޙައްލެއް ލިބިގެންދާނެ ކަމުގައި އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ ރަށު ފެންވަރުގައި އެފަދަ މަރުކަޒެއް ޤާއިމުވުމުން ސިއްޙަތަށާއި ތިމާވެއްޓަށް ގިނަ ފައިދާތަކެއް ލިބިދިނުމުގެ އިތުރުން އިޤްތިސާދަށް ވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެ ކަމަށެވެ.
މި މަޝްރޫޢުގެ ތެރެއިން ޤާއިމުކުރެވޭ ކުނި މެނޭޖްކުރާ މަރުކަޒުތަކީ ޒަމާނީ ފެންވަރަށް ތައްޔާރުކުރެވޭ މަރުކަޒެކެވެ. މިގޮތުން އަލަށް ޑިޒައިން ކުރެވިފައިވާ މި މަރުކަޒުތަށް ޖާގައިގެ ގޮތުން ތަަނަވަސް ވެފައި މި މަރުކަޒުތައް ހިންގުމަށް ބޭނުންވާ އޮފީހެއްގެ އިތުރަށް، ފާޚާނާ، ސްޓޯރޭޖް، ކުނި ބައިބަޔަށް ވަކިކޮށްފައި ބަހައްޓާނެ ޖާގަ، އަދި ނުރައްކާތެރި ކުނި ބެހެއްޓުމަށް ހާއްސަ ޖާގައެއް ހިމެނެއެވެ. އަދި ހަމަ އެއާއެކު މި މަރުކަޒުތަކަށް ގެނެވޭ ކުނީގެ ބަރުދަން ބެލުމަށް ވެއިންގ ސްކޭލްވެސް އަވަސް މުސްތަޤުބަލެއްގައި ބެހެއްޓިގެންދާނެއެވެ.
މި ދެ މަޝްރޫޢު ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ޒޯން 2، 4 އަދި 5 ގައި ތަންފީޛު ކުރަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަޓް ޕްރޮޖެކްޓް މެދުވެރިކޮށް ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުންނެވެ.
ކިޔުންތެރިންގެ ހިޔާލު