1 ޖަނަވަރީ 2023 ގައި ޖީ.އެސް.ޓީގެ ރޭޓު ބަދަލުވުމަށްފަހު ވިޔަފާރިތަކުން އަމަލުކުރަމުން ގެންދަނީ ޤާނޫނާއި އެއްގޮތަށްތޯ ބެލުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ޓީމުތަކުން ވިޔަފާރިތަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.
މީރާއިން މިކަން ހާމަކޮށްފައި މިވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ރާއްޖޭގައި ނަގަމުން އަންނަ ޓެކްސްތަކަށް ބަދަލު ގެނައުމަށް ނިންމުމާއި ގުޅިގެންނެވެ.
1 ޖަނަވަރީ 2023 އިން ފެށިގެން، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ރޭޓް 16 އިންސައްތަ އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީ.އެސް.ޓީ ރޭޓް 8 އިންސައްތައަށް ބަދަލުވާނެއެވެ. މިހެންކަމުން، 1 ޖަނަވަރީ 2023 ނުވަތަ އެ ތާރީޚުގެ ފަހުން ޖީ.އެސް.ޓީ ލާޒިމުވާ ވަގުތު އަންނަ މުޢާމަލާތްތަކުން ޖީ.އެސް.ޓީ ނަގަންޖެހޭނީ އައު ރޭޓުތަކުގައެވެ.
މި ކަމަށް ތައްޔާރުވުމުގެ ގޮތުން ވިޔަފާރިތަކުން ސަމާލުކަން ދޭންޖެހޭ ކަންތައްތައް ހިމަނައިގެން މީރާއިން ވަނީ 'ފެކްޓް ޝީޓެއް ތައްޔާރުކޮށް މީރާގެ ވެބްސައިޓްގައި ޝާއިރުކޮށްފައެވެ.
މި 'ފެކްޓް ޝީޓް'ގައި ވާ ގޮތުގެ މަތިން، ރޭޓް ބަދަލުވުމާގުޅިގެން 'ކަޓް-އޯފް ވަގުތު' ކަނޑައަޅައި، ޖީ.އެސް.ޓީ ނަގާނެ ރޭޓް ކަނޑައަޅާނެ ގޮތް ހިމަނައިފައިވެއެވެ. މިގޮތުން، 24 ގަޑިއިރު ޚިދުމަތް ނުދޭ ކެފޭތަކާއި ރެސްޓޮރަންޓްތަކާއި 24 ގަޑިއިރު ޚިދުމަތް ނުދޭ އެހެން ވިޔަފާރިތަކުން، އައު ރޭޓުގައި ޖީ.އެސް.ޓީ ނަގަން ފަށާނީ، 1 ޖަނަވަރީ 2023 ވަނަ ދުވަހުގައި އެފަދަ ތަންތަން ހުޅުވާ ވަގުތުން ފެށިގެންނެވެ. އެ ނޫން ހުރިހާ ފަރާތްތަކަކުން 1 ޖަނަވަރީ 2023ގެ 00:00 ފެށިގެން ޖީ.އެސް.ޓީ ނަގަންވާނީ އައު ރޭޓުތަކުގައެވެ. އަދި، ޖީ.އެސް.ޓީގެ ރޭޓު ބަދަލުވުން ހިމެނޭ މުއާމަލާތްތަކުގައި 'ޖީ.އެސް.ޓީ ލާޒިމުވާ ވަގުތު' ކަނޑައަޅާނެ ގޮތުގެ ބައެއް މިސާލުތައް ވެސް މި 'ފެކްޓް ޝީޓް' ގައި މީރާއިން ހިމަނައިފައިވެއެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، 1 ޖަނަވަރީ 2023 އިން ފެށިގެން މުދަލާއި ޚިދުމަތުގެ އަގު ޖަހައިފައި ހުންނަންވާނީ ޖީ.އެސް.ޓީގެ އައު ރޭޓު ހިމަނައިގެންނެވެ. އެހެން ނަމަވެސް، އެރެއިން އެރެއަށް އަގުތަކަށް ބަދަލުގެންނަން އުނދަގޫ ވާ ފަރާތްތަކުން، 1 ޖަނަވަރީ 2023 ގެ ކުރިން ނަގާނެ އަގާއި 1 ޖަނަވަރީ 2023 ގައި ނުވަތަ އޭގެ ފަހުން ނަގާނެ އަގު ސާފުކޮށް އެނގޭނެހެން އަގު ޖަހައިފައި ބެހެއްޓިދާނެކަމަށް މީރާއިން މައުލޫމާތުދެއެވެ.
މި ބަދަލައް ތައްޔާރުވުމަށް ޓެކްސް ދައްކާ ފަރާތްތަކާއި އާންމުން ހޭލުންތެރިކުރުމުގެ ގޮތުން މީރާއިން ދަނީ ޚާއްސަ ކެމްޕެއިނެއް ކުރިއަށް ގެންދަމުންނެވެ. މި ކެމްޕެއިންގެ ދަށުން މީރާގެ ޓިމުތަކުން ދަނީ މާލޭގެ އިތުރުން އަތޮޅުތަކަށް ޒިޔާރަތްކޮށް ޓެކްސް ދައްކާ ފަރާތްތަކަށް ބޭނުންވާ މުހިންމު މައުލޫމާތުތަކާއި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި، 1 ޖަނަވަރީ 2023 ގައި ޖީ.އެސް.ޓީގެ ރޭޓު ބަދަލުވުމަށްފަހު ވިޔަފާރިތަކުން އަމަލުކުރަމުން ގެންދަނީ ޤާނޫނާއި އެއްގޮތަށްތޯ ބެލުމަށް މީރާގެ ޓީމުތަކުން ވިޔަފާރިތަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް މީރާއިން މައުލޫމާތުދެއެވެ.
އެހެންކަމުން، 1 ޖަނަވަރީ 2023 އިން ފެށިގެން އައު ރޭޓުތަކުގައި ޖީ.އެސް.ޓީ ނެގުމަށްޓަކައި، ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި މުދަލާއި ޚިދުމަތުގައި އެ ތާރީޚުން ފެށިގެން އައު ރޭޓުތައް ހިމަނައިގެން އަގު ޖެހުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ދުރާލާ ރާވައިގެން ކުރިއަށް ގެންދިއުމަށް މީރާއިން އިލްތިމާސްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު