ކުޑަ ރަށެއް ފަޅު ރަށެއް ނުބަލާ ތަރައްގީކުރުމަކީ ތަސައްވުރެއް ނޫންކަމަށް ވިދާޅުވެ، ސަރުކާރުގެ ތަރައްގީގެ ސިޔާސަތަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ، އެމްޑިޕީގެ ރައީސް، މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެއެވެ.
ސަލްޓަން ޕާކުގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ނަޝީދު ވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމާއި ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ޕްރައިމަރީއަށް ނިކުންނެވީ، އެމްޑީޕީގެ ޓިކެޓްގައި ރައީސް ސާލިހު ވާދަކޮށްގެން ލިބޭ ވޯޓް މަދުވާނެކަމުގެ ބިރު އޮތުމުންކަމަށެވެ. އަދި ރައީސް ޔާމީން ޖަލަށް ލުމުން އެހެން ޕާޓީތަކުން ރައީސް ސާލީހާއެކު ކޯލިޝަން ހެދުމުގެ ފުރުސަތެއްވެސް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ވެރިކަމަށް ކުރިމަތި މިލަނީ އެމްޑީޕީއަށް ލިބޭ ވޯޓް މަދުވެދާނެތީ. ރައީސް ސާލީހާއެކު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށްވެސް އެމްޑީޕީން ނުދެވިދާނެކަމުގެ ބިރު އެބައޮތް. ރައީސް ޔާމިންގެ ސަޕޯޓަރުންގެ ވޯޓެއް ހަމަގައިމުވެސް ރައީސް ސާލިހަކަށް ނުލިބޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ދަރަނި ނަގަމުން ގޮސް، ދަތިވެ، އެންމެފަހުން ޓެކްސް ބޮޑުކުރަންޖެހުނުކަންވެސް ނަޝީދު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ޓެކްސް ކުޑަކޮށް، ތަކެތީގެ އަގު ތިރިކުރާނެކަމަށެވެ.
"2019 ވަނަ އަހަރުން ފެށިގެން ހަފްތާއެއް ނުދާނެ އަޅުގަނޑު ނުދަންނަވާ. ރައީސޭ.. ދަރަނި، ދަރަނި، ދަރަނި،
ވެރިކަމެއް ނުކުރެވޭނެ ފައިސާއަށް ވާގޮތް ނުބަލާ. އަޅުގަނޑު ބުނިގޮތް ނުހަދާ ދަރަނި މެނޭޖްނުކޮށް ކުރިއަށް ދިއުމުން، ޓެކްސް ބޮޑުކޮށް، ތަކެތީގެ އަގު އުފުލިގެންދިޔައީ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ ވާހަކަފުޅުގައި އެމްޑީޕީގެ ސިޔާސަތަކީ ކޮރަޕްޝަނާއި ދުރުވުންކަމަށާއި ނަމަވެސް ސަރުކާރުން ފެންނަނީ އެހެން މަންޒަރެއް ކަމަށް ވިދާޅުވިއެވެ.
"މި ފެންނަނީ ކޮރަޕްޝަނަށް އަޅާނުލާތަން، ތަހުގީގެއް ޝަރީއަތެއް ނުކުރޭ، އެހެންކަމުން ހިޔާނާތް ގިނަވެ،. ރައްޔިތުންގެ ފައިސާ ގެއްލެނީ." ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި ކުޑަ ރަށެއް ފަޅު ރަށެއް ނުބަލާ ތަރައްގީކުރުމަކީ ތަސައްވުރެއް ނޫންކަމަށް ވިދާޅުވެ، ސަރުކާރުގެ ތަރައްގީގެ ސިޔާސަތަށްވެސް ފާޑު ވިދާޅުވިއެވެ. އެގޮތުން ކުދި ރަށްރަށުގައި މެގަ ޕްރޮޖެކްޓްތައް ހިންގާއިރު ބޮޑެތި ބައެއް ރަށްރަށުގެ ޑޮކްޓަރުން ނެތްކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
ޕާޓީން މެމްބަރުން ވަކިކުރި މައްސަލައަށް އިޝާރާތްކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެއީ އިންތިހާބުގެ ނަތީޖާ ވަކިގޮތަކަށް ބަދަލުކުރުމަށް ކުރި ކަމެއްކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން އެމަނިކުފާނަށް ލިބޭ ވޯޓެއް އެއްވެސް ވަރަކަށް މަދު ނުވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މާލެ ސަރަހައްދާއި ރާއްޖޭގެ ބައެއްް އެހެން ސަރަހައްދުތަކުން ރައީސް ސާލީހަށް ތާއީދު ނެތީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ނުކޮށްދެއްވާތީ ކަމަށެވެ.
މީހަކަށް ބޯހިޔާވަހިކަމެއް އަދި ނުދެވޭ. މާލެ ސަރަހައްދުން ދޭން ބުނި ގޯތިތައް ހުރީ ކަނޑުއަޑީގައި. ރައްޔިތުން ތާއީދު ރައީސް ސާލިހަށް ނެތީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ނުކޮށްދޭތީ. ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދޭން އެދުމުން، ރިއެކްޓެއް ނުކުރެއްވި." ރައީސް ސާލީހަށް ފާޑު ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު