ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށްދާން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިނަމަ އެކަން އެގޮތަށް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ތަންފީޒު ކުރައްވަމުން ގެންދަވާ މެނިފެސްޓޯއަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯ ކަމަށާއި، އެ މެނިފެސްޓޯގައި ނިޒާމީ ވޯޓަކަށް ދާ ވާހަކަ ނެތްކަމަށެވެ.
އެހެންކަމުން މި ހިނގާ ރިޔާސީ ދައުރުގައި އެފަދަ ވޯޓެއް ނެގޭނީ ކޯލިޝަންގެ ބައިވެރިންގެ ހިޔާލާއިއެކުކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދެން އަންނަ ފަސް އަހަރުވެސް އެފަދަ ވޯޓަކަށް ދެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންތައްތަކެއް ކުރުމަށް ފަހުކަމަށެވެ. އެގޮތުން ބޮޑެތި އެފަދަ ނިންމުންތައް ނިންމާއިރު ރައްޔިތުންގެ ހިޔާލު ހޯދުމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައި އޮންނަކަމަށާއި، ރައްޔިތުންގެ މަޖިލީހުން ފެންނަ ނުފެންނަ ވޯޓަކަށް ދާން ނިންމައިފިނަމަ އެކަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަމަށް މަރުހަލާތަކެއް އެބައޮތްކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކާއި ގުޅިގެން ރައީސްގެ މި ޖަވާބު އެކިފަހަރުމަތިން ތަކުރާރު ކުރެއްވިއެވެ.
ރައީސް މިފަދައިން ވިދާޅުވިއިރު، ރައީސް މުޙައްމަދު ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ދަނީ ކޯލިޝަން ބައިވެރިންވެސް ވަނީ ނިޒާމް ބަދަލުކުރުމުގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް އެއްބަސްވެ ސޮއި ކޮށްފައިކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު