ރަހުމުކުޑަކޮށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުޙައްމަދު ސައީދު (ޝިއާ) މަރާލި މައްސަލައިގައި ފ. ނިލަންދޫ, ފިނިފެންމާގެ, ޢަލީ ސާހިލްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ޝާހިލްއަކީ މިމައްސަލައިގައި ފުލުހުން ތުހުމަތުކުރާ ހަމައެކަނި މީހާއެވެ. އެނާ ހައްޔަރުކުރީވެސް ކުށުގެ ވެށިންނެވެ.

ޕީޖީ އޮފީހުން ވިދާޅުވީ 06 އޮގަސްޓު 2022 ދުވަހު ހ. ޝީރީންވިލާގޭގައި, ތޫނުއެއްޗަކުން ޙަމަލާދީ އަންހެނަކު މަރާލި މައްސަލައިގައި ފ. ނިލަންދޫ, ފިނިފެންމާގެ, ޢަލީ ސާހިލްގެ މައްޗަށް ދައުވާ ކުރުމަށް މިއަދު ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

އެނާގެ މައްޗަށް އުފުލާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ، އަދި އިތުރު 4 ދަޢުވާއާއެކު، ޖުމްލަ 5 ދަޢުވާކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

އޯގަސްޓު މަހުގެ 6 ވަނަ ދުވަހު ހ. ޝީރީންވިލާގައި މަރާލާފައި އޮއްވާ ފެނުނު ޝިއާއުގެ ހަށިގަނޑު ފެނުނު އިރު އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އެނގެއެވެ. އެގޮތުން އެނާގެ ހަށިގަނޑުގެ ބައެއް ގުނަވަންތައްވެސް އޮތީ ވަކިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު