އަހުމަދު މަސްނޫމް   28 ޑިސެމްބަރު 2022 - 18:18
މީލާދީ އާ އަހަރު ފާހަގަކުރުމަށް ހަވާއެރުވުމާއެކު ހާއްސަ މިއުޒިކް ޝޯވއެއް ބާއްވަން ސަރުކާރުން ހަމަޖައްސައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ބުނީ "މޯލްޑިވްސް ވާއު ފެސްޓް"ގެ ނަމުގައި ބާއްވާ މި މިއުޒިކް ޝޯވ އޮންނާނީ މިމަހުގެ 31 ވާ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައިކަމަށެވެ.

މި ޝޯވ ފަށާނީ އެ ރޭ 8:30 ގައިކަމަށްވެސް ޔޫތު މިނިސްްޓްރީން ބުނެއެވެ.



މި ޝޯވގައި ބޮލީވުޑްގެ ލަވަކިޔުންތެރިއެއްކަމަށްވާ ޕައުނީ ޕާންޑޭގެ ހުށަހެޅުންތައް ފެނިގެންދާނެއެވެ. އޭނާގެ އިތުރުން ހަބޭސް ބޮޑުބެރު ގްރޫޕް، ހަބޭސް ފިއުޝަން އަދި ހަބޭސް ލެވިޓޭޝަންގެ ހުށަހެޅުންތަކެއްވެސް ފެނިގެންދާނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

މިއުޒިކްގެ އިތުރުން މި ޝޯވގައި ހަވާ އެރުވުމުގެ ހަރަކާތްތައްވެސް ކުރިއަށްދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު