ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، ރައީސުލްޖުމްޖޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ހިޔާލުތަފާތުވަނީ ރައީސްކަމުގައި ރައީސް ޞާލިޙް ހުންނަވާތީކަމަށް ގަބޫލުފުޅު ކުރައްވާކަމަށް ރައީސް ޞާލިޙް ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުޙައްމަދު ނަޝީދާއި، ރައީސް ޞާލިޙާއި ހިޔާލު ތަފާތުވާ މައިގަނޑު މައްސަލައަކީ ކޮބައިތޯ ސުވާލު ދެންނެވުމުން ރައީސް ވިދާޅުވީ، ރައީސް ނަޝީދަކީ ވެރިކަމުގައި ހުންނަ މީހާއާއި އަބަދުވެސް ދެކޮޅުވެވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި ހަމައެގޮތަށް، ރައީސް ޞާލިޙާއިމެދު ނަޝީދު ހިޔާލު ތަފާތުވާ ސަބަބަކީ ރައީސްކަމުގެ މަގާމުގައި ހުންނެވުންކަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ، ނަޝީދަކީ ރާއްޖޭގެ ރައީސްކަމަށް ވަޑައިގެންނެވުމަށް ބޭނުންފުޅުވާ ބޭފުޅެއް ނޫންކަމަށާއި ބޭނުންފުޅުވަނީ ބޮޑުވަޒީރަކަށް ވުމަށްކަމަށް ނަޝީދު ވަރަށް ސާފުކޮށް މީގެކުރިން ވިދާޅުވެފައިވާކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވަން ނިންމެވިފަހުން ބޭއްވި ނޫސްވެރިންގެ ފުރަތަމަ ބައްދަލުވުމުގައި ރައީސް ވަނީ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރަށްވައު ޓިކެޓް ހޯއްދެވުމަކީ މިވަގުތު އެންމެ އިސްކަމެއް ދެއްވާ ކަންތައް ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު