ވެރިކަމުގެ ދައުރުގެ މެދުތެރެއިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ގުޅޭ ވޯޓަކަށް ދާން މެނިފެސްޓޯގައި ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި މުއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޚސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.
ރައީސް ވިދާޅުވީ، އެންމެފަހުން އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުންނާއި ހަމައަށް ވަޑައިގެންނެވީ މެނިފެސްޓޯއެއް ހިއްޕަވައިގެން ކަމަށާއި އެ މެނިފެސްޓޯއަކީ ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ބައިވެރިންގެ ހިއްސާއާއިއެކު އެކުލަވާލެވުނު މެނިފެސްޓޯ އެއްކަމަށެވެ.
އެހެންކަމުން، އެމަނިކުފާނުގެ މި ދައުރުގައި ފުރިހަމަ ކުރަމުން ގެންދަވަނީ އެ މެނިފެސްޓޯކަމަށާއި އެ މެނިފެސްޓޯގައި، ވެރިކަމުގެ މި ދައުރުގެ މެދުތެރެއިން ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ވޯޓަކަށްދާނެކަމަކަށް ނޯންނާނެކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ދައުރުގައި އެކަން ކުރަން ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ނެތްނަމަ އެކަން ދެން ކުރަންޖެހޭނީ ކޯލިޝަންގެ ބައިވެރިންނާއި މަޝްވަރާ ކޮށްގެން ކަމަށެވެ.
ރައީސް ޞާލިޙް މިފަދައިން ވިދާޅުވިނަމަވެސް، ދައުރުގެ މެދުތެރެއިން ނިޒާމީ ވޯޓަކަށްދާން އެއްބަސްވެފައިވާނޭކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ތަކުރާރުކޮށް ދަނީ ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު