އެމްއެންޑީއެފްގެ އުތުރު ތިލަފަޅު އަސްކަރީ ބަނދަރު ތަރައްގީކުރަން އިންޑިއާގެ ރެއިލްވޭ ކުންފުންޏަކާއި ހަވާލުކުރަން އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.
މައްސަލަ ބޮޑުވެފައިވާ ރާއްޖޭގެ އުތުރު ތިލަފަޅުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ރެއިލްވޭ ކުންފުޏްނެއްކަމަށްވާ ރެއިލް ވިކާސް ނިގާމްއާއެވެ. މިއީ އެ ޤައުމުގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީގެ ނިންމުމެކެވެ.
މި މަސައްކަތްކުރާނެ ކުންފުންޏެއް އިންޑިއާ ސަރުކާރުން ކަނޑައެޅީ އެ މަސައްކަތަށް އިންޑިއާ ސަރުކާރުން ހަރަދުކުރާތީއެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އިންޑިއާގެ ރެއިލްވޭ ކުންފުންޏަކާއި އުތުރު ތިލަފަޅުގެ މަޝްރޫޢު ހަވާލުކުރީ 186.3 މިލިއަން ޑޮލަރު ނުވަތަ 2.9 ބިލިއަން ރުފިޔާއަށެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާތާ 2 އަހަރުގެ ތެރޭގައި މަސައްކަތް ނިންމަންޖެހެއެވެ.
ހަބަރުތައް ބުނާގޮތުން އުތުރު ތިލަފަޅުގެ މަސައްކަތް ހަވާލުކުރި އިންޑިއާގެ ކުންފުންޏަކީ މުޅިންވެސް ރެއިލްވޭއާ ގުޅޭ މަޝްރޫއުތައް ހިންގާފައިވާ ކުންފުންޏެކެވެ.
އުތުރު ތިލަފަޅު ތަރައްގީ ކުރަން އިންޑިއާއާއެކު ޑިފެންސް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކުރީ 21 ފެބްރުއަރީ 2021 ގައެވެ. އެ އެއްބަސްވުމުގެ ދަށުން ޔޫޓީއެފް ތަރައްގީކޮށް މެނޭޖްކުރާނީ ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެނެވެ.
މިކަމާއި ގުޅޭ އެއްބަސްވުމުގައިވާ ގޮތުން 15 އަހަރު ވަންދެން އިންޑިއާގެ ހުއްދަ ނެތި ބޭރު ގައުމުތަކުގެ އުޅަނދު ފަހަރަށް އެ ބަނދަރަށް ވަދެ އުޅުން މަނާވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު