މ. މުލަކު މަގުހެދުމުގެ މަޝްރޫޢުގެ ދަށުން މިވަގުތު ކުރިއަށްދަނީ އެރަށު އަމީނީމަގުގައި ސްޓޯރމް ވޯޓަރ ޓޭންކް އަދި ހޮޅިއެޅުމުގެ މަސައްކަތްކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީން ބުނެފިއެވެ.

މ. މުލަކު މަގު ހެދުމުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީއާއެވެ. އާރުޑީސީން މުލަކު މަގު ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރު އޭޕްރީލްމަހުގެ 19 ވަނަ ދުވަހުއެވެ.

އާރުޑީސީން ބުނީ މ. މުލަކު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މިވަގުތު ކުރިއަށްދަނީ އެ ރަށު އަމީނީމަގުގައި ސްޓޯރމް ވޯޓަރ ޓޭންކް އަދި ހޮޅިއެޅުމުގެ މަސައްކަތްކަމަށެވެ.





މުލަކުގެ މަގުތަކުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން، 5.8ކިލޯމީޓަރުގެ މަގު ހެދުމަށްވަނީ ހަމަޖެހިފައެވެ. މަގުތައް ހަދަނީ ފެންހިންދާ ނިޒާމާއި މަގު ބައްތި ޖެހުމުގެ މަސައްކަތާއެކުއެވެ.

މި މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 1 އަހަރާ 2 މަސްދުވަހުން ނިންމާގޮތަށެވެ. މުލަކުގެ މަގު ހެދުމުގެ މަޝްރޫޢަށް 106 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު