އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ވޯޓު ލެވޭ މީހުންގެ މައުލޫމާތު ހޯދަން ޓޫރިޒަމް މިނިސްޓްރީން ރިސޯޓްތަކަށް އަންގައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އެދުމަކަށް ޓޫރިޒަމް މިނިސްޓްރީން ރިސޯޓުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ އީސީން އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުންދާތީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ޖުމުލަ އަދަދުތައް ބޭނުންވާ ކަމަށެވެ.
އެހެންކަމުން އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓް ލެވޭ މުވައްޒަފުންގެ މައުލޫމާތު ބޭނުންވާ ކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ. މީގެތެރޭގައި އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30ގެ ނިޔަލަށް 18 އަހަރު ފުރޭ ދިވެހި މުވައްޒަފުންވެސް ހިމެނެ އެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓާނީ އެ ރިސޯޓެއްގައި އުޅޭ ދިވެހި މުވައްޒަފުންގެ ތެރެއިން އެ ރިސޯޓުގައި ވޯޓުލުމަށް ރަޖިސްޓާވާ މީހުންގެ ނިސްބަތުން ކަމަށެވެ. މިއީ ކޮންމެ އިންތިހާބެއްގައިވެސް ރިސޯޓުތަކުގައި ވޯޓު ފޮށި ބެހެއްޓުމުގައި ބަލާ ކަންކަން ކަމަށް އެކޮމިޝަނުން ބުންޏެެވެ.

ކިޔުންތެރިންގެ ހިޔާލު