ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިއަދު ހަވީރު 4:00 ޖަހާއިރު ނޫސްވެރިންނާއި ބައްދަލުކުރައްވާނެކަމަށެވެ.



ރައީސް ސާލިހު މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ ސީދާ ކޮންކަމަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ކަމެެއް ނޭނގެއެވެ. ނަމަވެސް މިވަގުތު ގައުމުގައި ބޮޑެތި މައްސަލަތަކެއް ހުރުމުން، އެކަންކަމާއި ގުޅޭގޮތުން ރައީސް ސާލިހު ވާހަކަދައްކަވާނެކަމަށް ބެލެވެއެވެ.

ރައީސް ސާލިހު އެންމެފަހުން ނޫސްވެރިންނާއި ބައްދަލުކުރައްވާފައިވަނީ މިދިޔަ ޖޫންމަހުގެ 8 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު