އަހުމަދު މަސްނޫމް   28 ޑިސެމްބަރު 2022 - 11:7
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ހިންގުމަށް ސަރުކާރުން ބިމެއް ހަމަޖައްސައިފިއެވެ.

ޑިޒާސްޓަރ މެނޭޖްމަންޓްގެ ދާއިމީ އޮފީސް ޤާއިމުކުރުމަށް ބިން ހަމަޖައްސާފައިވަނީ ހުޅުމާލޭ ޓްރިޓޮޕް ހޮސްޕިޓަލް ކުރިމަތިން އޮންނަ ބިމެވެ. މިގޮތުން އެންޑީއެމްއޭއަށް ހަމަޖައްސައިދެއްވާފައިވަނީ 39000 އަކަފޫޓުގެ ބިމެއްކަމަށެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވިދާޅުވީ، އެންޑިއެމްއޭގެ މަސައްކަތްތައް މިހާތަނަށްވެސް ހިންގަމުންއައީ ވަރަށް ދަތި އުނދަގުލުގައިކަމަށްވާތީ މި ބިމަކީ މި މައްސަލައަށް ދާއިމީ ހައްލެއް ލިބި ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސް ނެންގެވުމުގެ މަތިން ހަމަޖައްސަވައިދެއްވިި ބިމެއްކަމަށެވެ.

"ދެމެހެއްޓެނިވި ޕްރޮފެޝަނަލް ޚިދުމަތެއް ދިނުމަށް މަގުފަހިވާނެ. މިއީ ރައީސްގެ އިސްނެންގެވުމަށް ކޮށްދެއްވި ވަރަށް މުހިންމު މަސައްކަތެއް." ހިސާން ވިދާޅުވިއެވެ.

އެންޑީއެމްއޭއަށް ހުޅުމާލެއިން ބިމެއް ހަމަޖައްސާދީފައިވާއިރު މިހާރު ކުރިއަށްދަނީ، އެންޑީއެމްއޭގެ މައްޗަށް ބިން ބަދަލުކުރުމުގެ މަސައްކަތެވެ.

ސުނާމީއާއި ގުޅިގެން 2004ވަނަ އަހަރު އުފެއްދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަަރު ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހު ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ބަދަލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު