ކުރިއަށްއޮތް ދުވަސްތަކުގައި މާ ލަސްތަކެއްނުވެ ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް އަންނަން ފަށާނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވޭންގް ލީޝިން ވިދާޅުވެއްޖެއެވެ.
ކޯވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަމުން ދިޔައީ ޗައިނާއިންނެވެ. އެހެންނަމަވެސް ކޯވިޑާ ގުޅިގެން އެގައުމުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޗައިނާގެ ބޯޑަރުތަށް ބަންދުކުރުމުން، އެގައުމުން ރާއްޖެއަށް ފަތުރުވެރިން އައުން ވަނީ ހުއްޓިފައެވެ.
އެހެންކަމުން، މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއްދީ ބޯޑަރުތައް ހުޅުވާލުމަށް މީގެ ކުރިން ދެ ގައުމުގެ ދެމެދުގައި ވަނީ އެކި ބައްދަލުވުންތައް ބާއްވައޖ މަޝްވަރާތައް ކޮށްފައެވެ.
ސަފީރު ވޭންގް ލީޝިން މިއަދު ވިދާޅުވީ، އާ އިންތިޒާމުތަކަކާއެކު ވަރަށް އަވަހަށް ޗައިނާގެ ފަތުރުވެރިން ރާއްޖެ އަންނަން ފަށާނެކަމަށެވެ. އަދި ރާއްޖެއަކީ އަބަދުވެސް ޗައިނާ ފަތުރުވެރިންގެ އެންމެ މަގުބޫލު މަންޒިލްކަމަށް ދެކިވަޑައިގަންނަވާކަމަށް ވެސް ސަފީރު ވަނީ ވިދާޅުވެފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ކޯވިޑްގެ ކުރިން، 2019ވަނަ އަހަރު ރާއްޖެއަށް ޖުމްލަ 1.7 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެތެރެއިން 284029 ފަތުރުވެރިންނަކީ ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންނެވެ.

The outbound tourism for Chinese citizens will be resumed in an orderly manner very soon. I believe the Maldives will as always be one of the most favored destinations of the Chinese tourists.👍👍👍 pic.twitter.com/FjVJApzkz9
— Ambassador Wang Lixin (@China_Amb_Mdv) December 27, 2022
ސަފީރު ވޭންގް ލީޝިން މިއަދު ވިދާޅުވީ، އާ އިންތިޒާމުތަކަކާއެކު ވަރަށް އަވަހަށް ޗައިނާގެ ފަތުރުވެރިން ރާއްޖެ އަންނަން ފަށާނެކަމަށެވެ. އަދި ރާއްޖެއަކީ އަބަދުވެސް ޗައިނާ ފަތުރުވެރިންގެ އެންމެ މަގުބޫލު މަންޒިލްކަމަށް ދެކިވަޑައިގަންނަވާކަމަށް ވެސް ސަފީރު ވަނީ ވިދާޅުވެފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ކޯވިޑްގެ ކުރިން، 2019ވަނަ އަހަރު ރާއްޖެއަށް ޖުމްލަ 1.7 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެތެރެއިން 284029 ފަތުރުވެރިންނަކީ ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންނެވެ.
ކިޔުންތެރިންގެ ހިޔާލު