އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމަށް ކޮށްފައިވާ 11 އަހަރުގެ ޖަލުގެ ހުކުމުގެ މައްސަލަ ރިޔާސީ އިންތިޚާބުގެ ކުރިން ނިންމުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައްވައިފިއެވެ.
ރައީސް ޔާމިންގެ މައްޗަށް އިއްވި ޖަލު ހުކުމާއި ގުޅިގެން ރާއްޖޭގެ ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، ޔާމީން ޖަލަށް ލުމަށް ކޮށްފައިވާ ހުކުމުގެ ސުޕްރީމް ކޯޓުގެ މަރުހަލާ ނިންމާ، އެ މައްސަލަ ރިޔާސީ އިންތިޚާބު ކުރިން ފައިސަލާ ކުރަން ޖެހޭ ކަމަށެވެ.
އުމަރު ވިދާޅުވީ ރައީސް ޔާމީނަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އެކަކަށް އެންމެ ގިނަ ތާއީދު އޮތް ސިޔާސީ ލީޑަރު ކަމަށެވެ. އޭގެ އިތުރުން ޕީޕީއެމަކީ ބޮޑު ޕާޓީއަކަށްވާއިރު ޕީޕީއެމްގެ ޓިކެޓް ރައީސް ޔާމީނަށް ދީފައިވާ ދަނޑިވަޅުގައި ކޯޓު މަރުހަލާ ވީ އެންމެ އަވަހަކަށް ނިންމަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އުމަރު ވިދާޅުވިއެވެ.
"އެ މައްސަލަ ޕާކުކޮށްފަ ބާއްވައިގެން އިންތިޚާބުގަ ވާދަނުކުރެވޭ ގޮތް ހަދައިފިނަމަ ވަރަށް ބޮޑު ނާއިންސާފަކަށް ވާނީ،" އޮންލައިން ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިންސާފުވެރިކަމާއެކު އެ މައްސަލަ ނިންމިކަމަށް ވާނީ ސުޕްރީމްކޯޓުގެ މަރުހަލާ އިންތިޚާބުގެ ކުރިން ނިންމުމުން ކަމަށެވެ. ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ މީހުން ތާއީދު ކުރާ ބޭފުޅަކަަށް އެވަރުގެ ނާއިންސާފެއް ދީގެން ނުވާނެ ކަމަށް އުމަރު ވިދާޅުވިއެވެ. އެގޮތުން ރޭގަނޑު، އިތުރު ވަގުތުގައި މަސައްކަތް ކޮށްގެން ވެސް ސުޕްރީމް ކޯޓުން އެ މައްސަލައާމެދު ގޮތެއް ނިންމަން މަސައްކަތް ކުރަން ޖެހޭ ކަމަށް އުމަރު ވިދާޅުވިއެވެ.
"ކޯޓުގެ މަރުހަލާތަކުގެ ތެރޭގެ އިދާރީ ގޮތުން މީހަކު ތާށި ކޮށްގެން މީހެއްގެ ކެނޑިޑެންސީ ނަގާލައިގެން ނުވާނެ." ރައީސް ޔާމިންގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި އަދި އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެކަން އިއުލާން ކުރަށްވާފައިވާ އުމަރު ވިދާޅުވިއެވެ.
ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފައި އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ ރައީސް ޔާމިން 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ރައީސް ޔާމިންގެ މައްޗަށް އިއްވި ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ވަކީލުން ވަނީ ނިންމާފައެވެ. ޔާމިންގެ މައްޗަށް އިއްވި ޖަލު ހުކުމާއެކު ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ގާނޫނީ ހުރަަހެއް ވަނީ ކުރިމަތިވެފައެވެ.
ގާނޫނު އަސާސީގެ 109 މާއްދާގެ ޅ.ގައި ބުނާގޮތުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރު ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނީ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ތިން އަހަރުވެފައިވާނަމަ ކަމަށެެވެ. ނުވަތަ ހުކުމަށް ކަނޑައެޅި އަދަބު މައާފުކޮށް ތިން އަހަރު ވެފައިވާ ނަމަވެސް އިންތިހާބުގައި ވާދަކުރެވިދާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު