ކުރީގެ ރައީސް ޔާމީންގެ މައްޗަށް އާދިއްތަ ދުވަހު އިއްވި ޖަލުހުކުމް ކުށްވެރިކޮށް އެމަނިކުފާނު މިނިވަންކުރަން ގޮވާލާ، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަން ނިންމައިފިއެވެ.
މިކަން ހާމަ ކޮށްފައިވަނީ މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ޕީޕީއެމުން ބުނެފައިވަނީ، މާލެ އާއި އަތޮޅުތެރޭގެ ހުރިހާ ރަށެއްގައި ހުކުރު ދުވަހުގެ ހަވީރު ހަތަރެއް ޖަހާއިރު ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މުޒާހަރާ ކުރަން ނިންމާފައިވާކަމަށެވެ. އެހެންކަމުން އިދިކޮޅަށް ތާއީދުކުރާ މެންބަރުންނާއި، ރައީސް ޔާމީނަށް ހެޔޮ އެދޭ ހުރިހާ ފަރާތެއްވެސް އެ މުޒާހަރާގައި ބައިވެރިވުމަށްވަނީ އެދިފައެވެ.
މި ބައްދަލުވުމުގައި ޕީއެންސީގެ ރައީސް ޢަބްދުއް ރަހީމް ވިދާޅުވީ، ހުކުރު ދުވަހުގެ މުޒާހަރާ ރާވާ އެކަން ފުލުހުންނަށްވެސް އަންގާފައިވާ ކަމަށާއި އިހުތިޖާޖު ކުރުމާއި މުޒާހަރާ ކުރުމަކީ އަސާސީ ހައްގެއް ކަމުން އެ ހައްގަށް ފުލުހުން ފުރުސަތު ދޭނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ. ނަމަވެސް، ފުލުހުން ފުރުސަތު ނުދިނަސް އާންމު މެންބަރުން ތިބީ އިހުތިޖާޖު ކުރާގޮތަށްކަމަށް ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާވެސް ސާބިތުވެ މިވަގުތު ގެންދަވަނީ 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު