އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައިސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ލޯންޗުކުރުމަށް ބާއްވާ ރަސްމިއްޔާތު މާދަމާރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

"ފިކުރެއްގެ ދިރުން" ނަމުގައި ކެމްޕެއިން ލޯންޗުކުރުން އޮންނާނީ މާދަމާރޭ 8:30ގައި ސަލްޓަން ޕާކުގައެވެ.



އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޕްރައިމަރީގެ ކެމްޕޭން ލޯންޗުކުރުމަށް ނިންމާފައިވާއިރު އެމަނިކުފާނު ކެމްޕެއިން ދަތުރުގައި ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އެންމެ އުތުރުގެ ރަށްތަކަށެވެ.

އެގޮތުން ނަޝީދު ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އުތުރުގެ 3 އަތޮޅަކަށެވެ. ނަމަވެސް އޭގެ މާބޮޑު ތަފްސީލްތަކެއް ހާމައެއް ނުކުރެއެވެ.

އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ އަންނަމަހުގެ 28 ވަނަ ދުވަހުއެވެ. ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހަޅުއްވާފައިވަނީ ރައީސް ނަޝީދުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްއެވެ.



ކިޔުންތެރިންގެ ހިޔާލު