މިދިޔަ 17 އަހަރު އެމްޑީޕީއަށް ލިބުނު ފައިސާއަށް ވީގޮތް ބަލަންޖެހޭކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސަ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ވަކިކުރުމުން ޕާޓީއާ ދުރުގައި ދުވަސްކޮޅަކު ހުންނެވުމަށްފަހު ރީކޯ މޫސާ ޕާޓީއާ އަލުން ގުޅިވަޑައިގެން ޕާޓީ ހިންގާލުމުގެ މަސައްކަތުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ރިކޯ މޫސަ ވިދާޅުވީ 17 އަހަރަށްފަހު ޕާޓީ މެމްބަރުން ބޭނުންވާ ގޮތަށް އެމްޑިޕީގެ ގައުމީ މަޖިލީހުގައި ނިންމުން ނިންމަން ޖާގަ ލިބެން ފަށައިފިކަމަށެވެ. އަދި މިދިޔަ 17 އަހަރު ޕާޓީއަށް ލިބުނު ފައިސާއަށް ވީގޮތެއް ބަލަންޖެހޭކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
"17 އަހަރު ޕާޓީއަށް ލިބުނު ފައސާ ދާއިރާތަކަށް ދޫނުކޮށް ޗެއަރގެ ނައިބު މާލީގެ ނަމުގަ މީހަކު ބަހައްޓައިގެން ފައިސާ ބޭނުން ކުރި މީހުން އެނގެންޖެހޭ." މޫސާ މަނިކު ވިދާޅުވިއެވެ.
އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށްފަހު މޫސަ ފާހަގަވެފައިވަނި ރައީސް ސާލިހަށް ތާއީދުކުރާ ފެކްޝަންގެ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން ރައީސް ސާލިހުގެ ރިޔާސީ ޕްރައިމަރީގައިވެސް މޫސަ ދަނީ ވަރަށް ހަރަކާތްތެރިކޮށް އުޅުއްވަމުންނެވެ.

17 އަހަރަށްފަހު ޕާޓީ މެމްބަރުން ބޭނުންވާގޮތަށް MDP ގ މަޖްލީހުގާ ނިންމުން ނިންމަން ޤ މަޖްލީހަށްޖާގަ ލިބެންފަށައިފި،
— Moosa Maniku (Reeko) (@ReekoMoosa) December 27, 2022
17އަހަރުޕާޓީއަށް ލިބުނު ފައސާ ދާއިރާތަކަށް ދޫނުކޮށް ޗެއަރ ގެ ނައިބު މާލީގެ ނަމުގަ މީހަކު ބަހައްޓައިގެން ފައސާ ބޭނުނކުރިމީހުން އެނގެންޖެހޭ
އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށްފަހު މޫސަ ފާހަގަވެފައިވަނި ރައީސް ސާލިހަށް ތާއީދުކުރާ ފެކްޝަންގެ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން ރައީސް ސާލިހުގެ ރިޔާސީ ޕްރައިމަރީގައިވެސް މޫސަ ދަނީ ވަރަށް ހަރަކާތްތެރިކޮށް އުޅުއްވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު