އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް އިއުލާންކޮށް، އެކަމަށް ވާދަކުރުމަށް ހުޅުވާލީ ރައީސް ނަޝީދާއި އަދި ރައީސް ސާލިހާ ވެސް މަޝްވަރާކުރުމަށްފަހުކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް މިހެން ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވަން ފޯމް ހުށަހަޅުއްވާފައިވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކުން ޕްރައިމަރީއާ ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެނެވެ.
ރައީސް ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތަކުން ޕްރައިމަރީއާ ގުޅިގެން ބައެއް މައްސަލަތައް ދަނީ ފާހަގަކުރަމުންނެވެ. އެގޮތުން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައިވެސް އެ މައްސަލަތައް ފެންމަތިކުރިއެވެ. އެގޮތުން އެ ބޭފުޅުން ފާހަގަކުރައްވާ މައްސަލަތަކުގެ ތެރޭގައި ޕްރައިމަރީއަށް އިއުލާންކުރުމުގައި ހުރިކަމަށް ބުނާ މައްސަލަތަކާއި ތާއީދު ފޯމް ރައީސް ސާލީހުގެ ކެމްޕެއިން ޓީމަށް މާ އަވަހަށް ލިބުނުކަމަށް ބުނާ މައްސަލަވެސް ހިމެނެއެވެ.
ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ފާހަގަކުރި މައްސަލަތަކަށް ރައްދު ދެއްވަމުން ޕާޓީގެ ޗެއަރޕާސަން ފައްޔާޒު ވިދާޅުވީ ޕްރައިމަރީގައި ވާދަކުރާނެކަމަށް ލަފާ ކުރެވޭ ބޭފުޅުންނާއި އެމަނިކުފާނު ދިޔައީ މަޝްވަރާކުރަމުންކަމަށެވެ. އަދި އިންތިޚާބު ބާއްވާނެ ދުވަސްވެސް ކަނޑައެޅީ ރައީސް ނަޝީދާއި ރައީސް ސާލީހާ މަޝްވަރާކުރުމަށްފަހުކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
"އަޅުގަނޑު ދައްކަން ނެތް ވާހަކަ ދެއްކުމަށް ތި ބޭފުޅުން މަޖުބޫރު ކުރުވާތީ އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑު ރައީސް ނަޝީދާއި މަޝްވަރާކުރީމަ ރައީސް ނަޝީދު ވިދާޅުވީ ތިމަންމަނިކުފާނު ބޭނުންވަނީ ޖެނުއަރީމަހު އިއުލާންކޮށްފައި ފެބްރުއަރީމަހު އިލެކްޝަން ބާއްވަންށޭ އެއް މަސް ދުވަހުގެ ތެރޭގައި. އަޅުގަނޑު ވާހަކަ ދެއްކިން ރައީސް ސާލިހުއާ. ރައީސް ސާލިހު ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ޑިސެމްބަރުގައި އިއުލާންކޮށްފައި ޖެނުއަރީމަހުގެ 15 ގައި އިލެކްޝަން ބާއްވަންށޭ. އެހެންވީމަ އަޅުގަނޑު އޭތި ގެނައީ މެދަށް. ޑިސެމްބަރު މެދުގައި އިއުލާންކޮށްފައި ޖެނުއަރި 28 ގައި އިލެކްޝަން ބޭއްވުމަށް. އިލެކްޝަންގެ މުއްދަތު ނޭނގިއެއް ނޯންނާނެ ރައީސް ނަޝީދަށްވެސް، ރައީސް ސާލިހަށްވެސް." ރައީސް ނަޝީދުގެ ފެކްޝަންގެ ބޭފުޅުންގެ ވާހަކަތަކަށް ރައްދު ދެއްވަމުން ފައްޔާޒު ވިދާޅުވިއެވެ.
ރައީސް ސާލީހުގެ ކެމްޕެއިން ޓީމަށް މާ ކުރިން ތާއީދު ފޯމް ލިބުނުކަމަށް ބުނާ ވާހަކަތަކަށްވެސް ފައްޔާޒް ވަނީ ރައްދު ދެއްވާފައެވެ.
"ޑިސެމްބަރު 1 ވަނަ ދުވަހު ރައީސް ނަޝީދަށް އެ ފޯމްގެ ކޮޕީއެއް އެރުވިން. ތިބޭފުޅުންނާއި ރައީސް ނަޝީދާއި ވާހަކަ ނުދެއްކެނީ ކަންނޭނގެ އަޅުގަނޑާއި ރައީސް ނަޝީދާއި ވާހަކަދައްކާ ވަރަށް. އެހެންވީމަ ތި ދައްކާ ވާހަކަތަކަކީ އެއްވެސް ތާކުން ތާކުން ނުޖެހޭ ވާހަކަތަކެއް." މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ފައްޔާޒު ވިދާޅުވިއެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް އެމްޑީޕީން ބާއްވާ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަމަހުގެ 28 ވަނަ ދުވަހުއެވެ. ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ޕްރައިމަރީއަށް ޤައުމީ މަޖިލިހުން ނަގާ 5 މެމްބަރުންގެ ކޮމެޓީ ނެގުމަށް ނަން ހުށަހެޅުމަށް ހުޅުވާލުމުން ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރ ޙުސައިން ޝަޙީމް ހުށަހަޅުއްވާ ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރ އަޙްމަދު އީސާ ތާއީދު ކުރެއްވި 5 ނަންފުޅު ވަނީ އެވަގުތު ޤައުމީ މަޖިލިހަށް ޙާޟިރުވެތިއްބެވި މެމްބަރުންގެ އިއްތިފާޤުން ފާސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު