އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ބޭނުންވާނަމަ ފިތުނަ ފަސާދަ އުފައްދައި ޕާޓީ ރޫޅިދާފަދަ އަމަލުތަކާއި ބަސްމަގުން ދުރުހެލިވާންޖެހޭ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމެޓީއަށް މެމްބަރުން އިންތިޚާބު ކުރުމަށް ރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އެމްޑީޕީން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ބޭނުންވާނަމަ ޕާޓީގައި ފިތުނަ ފަސާދަ އުފައްދަންކުރާ މަސައްކަތް ހުއްޓާލަންޖެހޭ ކަމަށެެވެ. އަދި ކިތަންމެ ޚިޔާލު ތަފާތުވިއަސް އާންމު ފޯރަމްތަކުގައި ޕާޓީ އާއި މެމްބަރުންގެ މެދުގައި ފިތުނަ އުފެދި ޕާޓީ ރޫޅިދާފަދަ ވާހަކަތަށް ފެތުރުން ހުއްޓާލަންޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"އެމްޑީޕީ އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ބޭނުންވާ ކަމަށް ވަނީ ވިއްޔާ އަޅުގަނޑުމެން އެބަޖެހޭ ކިތަންމެ ޚިޔާލު ތަފާތުވިޔަސް ޕަބްލިކްގައި ފިތުނަ އުފެދި މުޅި ޕާޓީ ރޫޅިގެންދާފަދަ ވާހަކަތަކާއި ބަސްމަގު އެގޮތަށް ނުގެންގުޅެން، އެއީ ވަރަށް މުހިންމު ކަމެއް،" އެމްޑީޕީގެ ދަފްތަރުން 30000 އަށް ވުރެ ގިނަ މެމްބަރުން ވަކިކުރި ކަމަށް ބުނެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ބޭފުޅުން ދައްކަވާ ވާހަކަތަކަށް އިޝާރަތް ކުރަށްވަމުން ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކޮންމެ ކެންޑިޑޭޓަކު ކާމިޔާބު ކުރެއްވި ނަމަވެސް އެކެންޑިޑޭޓަކާއެކު ހުންނަވާނެ ކަމަށެވެ. އެމްޑީޕީ ރޫޅައި ބައިބައިކުރަން ބޭނުންނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"އެނޫން ގޮތަކަށް ދަންޏާ މި ޕާޓީއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން އުދަނގޫވާނެ، ތިބޭފުޅުންގެ ކެންޑިޑޭޓް ( ރައީސް ނަޝީދު) ޕްރައިމަރީ ކާމިޔާބު ކުރިއަސް." ޝަރީފް ވިދާޅުވިއެވެ.
އަންނަ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ.

ކިޔުންތެރިންގެ ހިޔާލު