ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް މެންބަރެއްގެ ގޮތުގައި ހުންނެވި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން މުހައްމަދު (ހަސަންޓޭ) އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއިދު ކުރަށްވަން ނިންމަވައިފިއެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން މުހައްމަދު (ހަސަންޓޭ)މިރޭ ވިދާޅުވީ އެ ދާއިރާގެ ރަށްތަކުގައި ރައްޔިތުންގެ ޚިޔާލާ މަޝްވަރާގެ މެދުގައި މިވަގުތު ހުންނެވުމުން އެނގިވަޑައިގެންނެވި ކަމަކީ އެމްޑީޕީގެ ޕްރައިމަރީއާ އަންނަ ރިޔާސީ އިންތިޚާބުގައި އޭނާ ގަދަކޮށް ހުންނަން ޖެހެނީ ރައީސް ސޯލިހުގެ ފަހަތްޕުޅުގައިކަން ކަމަށެވެ.
ހަސަންޓޭއަކީ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ފެއްޓެވި ބަރުލަމާނީ ނިޒާމުގެ މަސައްކަތުގައި ވެސް އުޅުއްވި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.
ހަސަންޓޭގެ އިތުރުން ރައީސް ނަޝީދުގެ އަރިސް މެމްބަރެއްގެ ގޮތުގައި ހުންނެވި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑް) އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމު ވެސް ވަނީ ރައީސް ސޯލިހަށް ތާއީދުކުރައްވަން ނިންމަަވައި އެކަން އިއުލާންކުރަށްވާފަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑި މިދިޔަ ހޮނިހިރު ދުވަހަށް ހަމަވެފައިވާއިރު ޕްރައިމަރީގައި ވާދަކުރައްވަން ރައީސް ސޯލިހާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވަނީ ހުށައަޅުއްވާފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 28 ގައެވެ.

ދާއިރާގެ ރަށްތަކުގައި ރައްޔިތުންގެ ޚިޔާލާ މަޝްވަރާގެ މެދުގައި މިވަގުތު ހުރުމުން އެނގުނު ކަމަކީ އެމްޑީޕީގެ ޕްރައިމަރީއާ އަންނަ ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ގަދަކޮށް ހުންނަން ޖެހެނީ ރައީސް @ibusolih އިބޫގެ ފަހަތްޕުޅުގައި ކަން. pic.twitter.com/YbUFd4l7q2
— Hassantay (@HassantayMDP) December 26, 2022
ހަސަންޓޭއަކީ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ފެއްޓެވި ބަރުލަމާނީ ނިޒާމުގެ މަސައްކަތުގައި ވެސް އުޅުއްވި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.
ހަސަންޓޭގެ އިތުރުން ރައީސް ނަޝީދުގެ އަރިސް މެމްބަރެއްގެ ގޮތުގައި ހުންނެވި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑް) އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމު ވެސް ވަނީ ރައީސް ސޯލިހަށް ތާއީދުކުރައްވަން ނިންމަަވައި އެކަން އިއުލާންކުރަށްވާފަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑި މިދިޔަ ހޮނިހިރު ދުވަހަށް ހަމަވެފައިވާއިރު ޕްރައިމަރީގައި ވާދަކުރައްވަން ރައީސް ސޯލިހާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވަނީ ހުށައަޅުއްވާފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 28 ގައެވެ.
ކިޔުންތެރިންގެ ހިޔާލު