ރިޝްވަތު ގަބޫލުކުރުމާއި މަނީލޯންޑަރ ކުރުމުގެ ކުށުގައި 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް ޔާމީންގެ ހުކުމާއި ގުޅޭގޮތުން، ކުރީގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ އެއް ފައުންޑަރ އިބްރާހީމް އިސްމާއީލް، އިބުރާ ތަފާތު ވާހަކައެއް ފާހަގަ ކޮށްދެއްވައިފިއެވެ.
ހުކުމާއި ގުޅިގެން އެއްބަޔަކު އަނެއްބަޔަކަށް ވާހަކަތައް ދައްކާ އަމިއްލަ ވިސްނުމުގައި އެ ހުކުމަށް ފާޑު ކިޔަމުން ދާ މި ދަނޑިވަޅުގައި އިބްރާ ވިދާޅުވީ، ޔާމީންގެ ޝަރީއަތްތަކާމެދު ވާހަކަ ދައްކާއިރު މީހުން ހަނދާން ނެތްކަމެއް އެބައޮތްކަމަށެވެ.
އެގޮތުން ފެށުނީއްސުރެ ސަރުކާރުގެ މަތީ ވަޒީފާއެއްގައި، ވިޔަފާރިއެއްވެސް ނުކޮށް ހުރި މީހަކު އެވަރުގެ ތަނަވަސްކަމެއް ހޯދި ގޮތެއްވެސް އޮންނަންވާނެކަމަށް އިބްރާ ވަނީ ވިދާޅުވެފައެވެ.
އިބްރާ މިފަދައިން ވިދާޅުވިއިރު، އާދިއްތަ ދުވަހު ކުރި ހުކުމްގައި ގާޒީ ބުނެފައިވަނީ، ވ. އާރަށް ޔޫސުފް ނައީމް ކިޔާ މީހަކަށް ވިއްކާލުމުގައި ރައީސް ޔާމީން ރިޝްވަތު ގަބޫލު ކުރަށްވާފައިވާކަން ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ އެކި ބޭންކް އެކައުންޓްތަކުގައި ހުރި ފައިސާއަކީ އޭރު ހުރި މަގާމުގެ މުސާރައިގެ ގޮތުގައި ލިބޭ ފައިސާއަށް ބަލާއިރުވެސް ނުބައްދަލު އަދަދުތަކެއްގެ ފައިސާކަމަށް ހުކުމްގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު