އިދިކޮޅު ކޯލިޝަންގެ އަޑުކަނޑުވާލަން ކޯޓުތައް ބޭނުން ކުރުމަކީ ޑިކްޓޭޓަރުންގެ އުކުޅެއްކަމަށް ކުރީގެ ރައީސް، ޑރ. މުޙައްމަދު ވަޙީދު ޙަސަން ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ރައީސް ޔާމީންގެ މައްޗަށް އިއްވި 11 އަހަރު ދުވަހުގެ ޖަލު ހުކުމާއި ގުޅުވައިގެން ރައީސް ވަހީދު މިއަދު ވިދާޅުވީ، ކްރިސްމަސް ދުވަހާއި ގުޅުވައި ޕީޕީއެމް / ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށް އިއްވި ހުކުމަކީ ބާތިލު ހުކުމެއް ކަމަށެވެ.
އަދި ޖުޑީޝަރީއަށް ނުފޫޒު ފޯރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، ޑިމޮކްރަސީގައި އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ކޯޓުތައް ބޭނުމެއް ނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެގޮތަށް އެކަން ކުރުމަކީ ޑިކްޓޭޓަރުން ނުވަތަ ހުދުމުހުތާރު ވެރިންގެ މުސްކުޅި އުކުޅެއް ކަމަށް ވެސް ރައީސް ވަހީދު ވަނީ ވިދާޅުވެފައެވެ.
އިދިކޮޅު ޕީޕިއެމުން ތުހުމަތުކުރާގޮތުގައި ރައީސް ޔާމީނަށް 11 އަހަރު ޖަލު ހުކުމެއް އިއްވީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭގޮތް ހެދުމަށް ސަރުކާރު އަޑީގައި އޮވެގެންނެެވެ.
ރައީސް ވަހީދު މިފަދައިން ވިދާޅުވިއިރު، ރައީސް ޔާމީނަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ އިއްޔެގެ ހުކުމަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރަމުންނެވެ. ހާއްސަކޮށް ރައީސް އޮފީހުގެ ތެރޭން އެފަދަ ކަންތައްތަކެއް ކޮށްފައިވާކަމަށް އެފަރާތްތަކުން ތުހުމަތު ކުރެއެވެ. އެހެން ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ، ރައީސް ޔާމީނަށް އިއްވި ހުކުމަށް ސަރުކާރުން ނުފޫޒު ނުފޯރުވާ ކަމަށެވެ.
"މި ސަރުކާރުން ފަނޑިޔާރުގެއަށް ނުފޫޒެއް ނުފޯރުވާނެ،" މިިއުވާން ވިދާޅުވިއެެވެ.

Christmas Day verdict against the PPM/PNC presidential Candidate Yaamin was defective re his defense team. Manipulating the judiciary is unacceptable. In a democracy you do not use the courts to neutralize your opposition. These are old tricks of dictators. @ProgressPartyMV
— Mohamed Waheed (@DrWaheedH) December 26, 2022
އިދިކޮޅު ޕީޕިއެމުން ތުހުމަތުކުރާގޮތުގައި ރައީސް ޔާމީނަށް 11 އަހަރު ޖަލު ހުކުމެއް އިއްވީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭގޮތް ހެދުމަށް ސަރުކާރު އަޑީގައި އޮވެގެންނެެވެ.
ރައީސް ވަހީދު މިފަދައިން ވިދާޅުވިއިރު، ރައީސް ޔާމީނަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ އިއްޔެގެ ހުކުމަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރަމުންނެވެ. ހާއްސަކޮށް ރައީސް އޮފީހުގެ ތެރޭން އެފަދަ ކަންތައްތަކެއް ކޮށްފައިވާކަމަށް އެފަރާތްތަކުން ތުހުމަތު ކުރެއެވެ. އެހެން ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ، ރައީސް ޔާމީނަށް އިއްވި ހުކުމަށް ސަރުކާރުން ނުފޫޒު ނުފޯރުވާ ކަމަށެވެ.
"މި ސަރުކާރުން ފަނޑިޔާރުގެއަށް ނުފޫޒެއް ނުފޯރުވާނެ،" މިިއުވާން ވިދާޅުވިއެެވެ.
ކިޔުންތެރިންގެ ހިޔާލު