އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރަށްވަން ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މަބުރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން މަބުރޫކް އަޒީޒު މިއަދު ވިދާޅުވީ ރައީސް ސޯލިހަށް އޭނާގެ ފުރިހަމަ ތާއީދު އެބައޮތް ކަމަށެެވެ. އަދި ރާއްޖެއަށް ބޭނުން ވަނީ ރައީސް ސޯލިހް ފަދަ ލީޑަރޝިޕް ދައްކަވާ ގައުމަށް ހަމަޖެހުމާއި ތަރައްގީ ގެނެސްދެވޭނެ ފަދަ ވެރިއެއް ކަމަށް މަބުރޫކް ވިދާޅުވިއެވެ.



ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމަށް މަބުރޫކް އައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 1 ގަ އެވެ. އޭނާ މީގެ ކުރިން ހުންނެވީ ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަގާމުގައެެވެ.

މަބްރޫކް ރައީސްގެ އޮފީހުގެ ތަރުޖަމާނުގެ މަގާމުން އިސްތިއުފާ ދެއްވީ މި އަހަރުގެ އޮގަސްޓް މަހުގެ 23 ގަ އެވެ. މަބުރޫކް އާންމުންނަށް ބޮޑަށް މަޝްހޫރު ވެގެންދިޔައީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށް ދެއްވުމަށް ބާއްވާ ޕްރެސްކޮންފަރެންސް ތަކުންނެވެ.



ކިޔުންތެރިންގެ ހިޔާލު