2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓު ދޭނެ ފަރާތެއް ކަނޑައެޅުމަށް އެ ޕާޓީން ބާއްވާ ޕްރައިމަރީގައި ކުރިމަތިލައްވާފައިވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ފުރިހަމައަށް ތާއީދު ކުރައްވާކަމަށް މި ސަރުކާރުގެ ޕްލޭނިންގ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިހާތަނަށްވެސް ފާހަގަ ކުރެވިފައިވަނީ އެމްޑީޕީގެ ދެ ފެކްޝަންގެ ތެރެއިން އަސްލަމް ތާއީދު ކުރައްވަނީ ރައީސް ޞާލިޙްގެ ފެކްޝަނަށް ކަމަށެވެ. ނަމަވެސް، އެތެރޭގެ ޕްރައިމަރީގައި ރައީސް ޞާލިޙަށް ތާއީދު ކުރައްވާކަން އަސްލަމް ހާމަ ކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.
އަސްލަމް މިއަދު ވިދާޅުވީ، ރައީސް ޞާލިޙަކީ ރައްޔިތުންނަށްޓަކައި މަސައްކަތް ކުރައްވާ ލީޑަރެއް ކަމަށާއި ތަފާތު އެކި ސިޔާސީ ފިކުރުގެ މީހުންނާއިއެކު މަސައްކަތް ކުރެވޭނީ ރައީސް ޞާލިޙަށް ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނަކީ މަޑުމައިތިރި އަދި ގައުމާއިމެދު ދުރު ވިސްނުންފުޅެއް ގެންގުޅުއްވާ ބޭފުޅެއްކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ޕްރައިމަރީގައި ތާއީދު ކުރައްވާނީ ރައީސް ޞާލިޙަށް ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.
އަސްލަމް ކުރިން ފާހަގަ ކުރެވިފައިވަނީ ރައީސް މުޙައްމަދު ނަޝީދުގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައެވެ.

I see president Ibu as a leader for the people, a leader who can work with different political ideologies, a calm leader, a leader with a vision for the country. Ibu is an electable leader. I am with him
— Aslam 🎈 (@AslamAslamtey) December 26, 2022
އެހެންކަމުން ޕްރައިމަރީގައި ތާއީދު ކުރައްވާނީ ރައީސް ޞާލިޙަށް ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.
އަސްލަމް ކުރިން ފާހަގަ ކުރެވިފައިވަނީ ރައީސް މުޙައްމަދު ނަޝީދުގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ހިޔާލު