ސިޔާސީ ލީޑަރުން ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދައި، ބައިބައިވުން އިތުރުކުރަން ކުރާ މަސައްކަތް ހުއްޓާލުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް، އެމްއާރްއެމުން މިއަދު ގިވާލައިފިއެވެ.
ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އުފެއްދެވި މޯލްޑިވިސް ރިފޯމް މޫވްމަންޓް، އެމްއާރުއެމުން މިހެން ބުނީ "ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ" މުނާސަބަތުގައި މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ދިވެހި ރައްޔިތުންނާއި ޤައުމަށް އިތުރު ކުރިއެރުމާއި ކާމިޔާބު ހޯދުމަށްޓަކައި އެންމެ މުހިންމު އެއްކަމަކީ ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަ ކަން ކަމަށެވެ.
ސިޔާސީ ކަންކަމާމެދު އުފެދޭ ޚިޔާލުތަފާތުވުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދޭ ބައިބައިވުމާ މެދު އެންމެން ސަމާލުވެ ތިބެންޖެހޭ ކަމަށް އެބަޔާނުގައިވެއެެވެ. އެމްއާރުއެމުން ބުނީ ސިޔާސީ ޚިޔާލު ތަފާތުވުންތައްވެސް ބަހައްޓަން ޖެހެނީ ވަކި އިމެއްގެ ތެރޭގައިކަން ޤަބޫލު ކުރަންޖެހޭ ކަމަށެވެ.
"ސިޔާސީ ލީޑަރުންވެސް، އަމިއްލަ ކުރިއެރުމަށްޓަކާ، ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދާ، ބައިބައިވުން އިތުރު ކުރުންވެސް ހުއްޓާލަން ޖެހެއެވެ. ޤައުމަށް ހެޔޮއެދޭ މީހަކު ރައްޔިތުން ބައިބައި ކުރަން މަސައްކަތެއް ނުކުރާނެކަން ޔަޤީނެވެ." މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ ސުނާމީ ކާރިސާގައި ދިވެހި ރައްޔިތުން ދެއްކެވި މަތިވެރި ޤައުމީ ރޫޙުގެ ހަނދާން އާކޮށް، އެއިން އަޅުގަނޑުމެން އިބްރަތް ލިބިގަންނަން ޖެހޭކަމަށެވެ. އެގޮތުން އެ ދުވަހު ދިވެހި ރައްޔިތުން އިސްކުރައްވާފައިވަނީ ޤައުމީ މަސްލަޙަތާއި ޤައުމީ އެއްބައިވަންތަކަން ކަމަށާއި ޤައުމަށް ދިމާވާ މިފަދަ ކޮންމެ ދަތި އުނދަގޫ އަދި ހިތާމަވެރި ދަނޑިވަޅެއްގައި ޤައުމީ މަސްލަހަތު އިސްކޮށް، ދިވެހި ކޮންމެ ފަރުދަކު ވެސް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށް ބަޔާނުގައި ބުންޏެވެ.
މީގެ އިތުރުން ސިޔާސީ ދަހިވެތި ކަމުގައި ބޭރު ގައުމުތަކާއި މެދު ނަފުރަތު އުފައްދައި އެގައުމުތަކާއި މެދު އޮންނަ ގުޅުން ހީނަރުވާފަދަ ނޭއްގާނީ އަމަލުތައް ނުހިންގުމަށް އެމްއާރުއެމްގެ ބަޔާނުގައި ވަނީ ރައްޔިތުންނަށް ގޮވާލާފައެވެ.
ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަނީ 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ހިތާމަވެރި ސުނާމީ ކާރިސާގައި ދިވެހި ރައްޔިތުން ދެއްކި އެއްބައިވަންތަކަމުގެ ނަމޫނާ ފާހަގަކުރުމުގެ ގޮތުންނެެވެ. ސުނާމީ ކާރިސާގައި ރާއްޖެއިން 82 މީހަކު މަރުވެ، 26 މީހަކު ވަނީ ގެއްލިފައެވެ

ކިޔުންތެރިންގެ ހިޔާލު