ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވިތާ 20 ގަޑިއިރު ފަހުން އެ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓް އެމަނިކުފާނުގެ ދިފާއީ ވަކީލުންނަށް ދޫކޮށްފިއެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ތެރޭގައި ހިމެނޭ ވަކީލު އަބްދުﷲ ޝިޔާދު ވިދާޅުވީ ރައީސް ޔާމިންގެ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ކްރިމިނަލް ކޯޓުން ދޫކޮށްފައިވާ ކަމަށެވެ. ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑިރެކްޝަންގައި ބުނާގޮތުން ހުކުމް ކުރާ ދުވަހު އެ ރިޕޯޓް ދޫކުރަންޖެހެއެެވެ. އެހެން ނަމަވެސް އެރިޕޯޓް ދޫނުކޮށް ލަސްވި ސަބަބެއް ކްރިމިނަލް ކޯޓުން ހާމައެއް ނުކުރެއެވެ.
އެ ރިޕޯޓް ދޫކޮށްފައިމިވަނީ ޔާމީންގެ ވަކީލުންނާއި އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމް އަދި ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ. އެމައްސަލަައިގައި ކަންބޮޑުވުން ފާޅުކޮށް މިއަދު ހެނދުނުއްސުރެ ރައީސް ޔާމިންގެ ވަކީލުންނާއި ލީޑަރޝިޕްގެ އިސްބޭފުޅުން ތިއްބެވީ ކްރިމިނަލް ކޯޓުގައެވެ.
މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައެޅުމަށް ފަހު، ރައީސް ޔާމިން 11 އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އިދިކޮޅު ލީޑަރު އަދި ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީންގެ މައްޗަށް އައި ހުކުމާއެކު އިންތިހާބުގައި ވާދަކުރެއްވުމަށް ވަނީ ގާނޫނީ ހުރަހެއް ކުރިމަތިވެފައެވެ. ރައީސް ޔާމިންގެ މައްޗަށް އައި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމުގެ މަސައްކަތް ވަކީލުން މިހާރު ވަނީ ފަށާފައެވެ. ރައީސް ޔާމިންގެ ވަކީލުން ވިދާޅުވީ އިސްތިއުނާފް މަރުހަލާގައި އެމަނިކުފާނު މިނިވަންވާނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު