ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމަށް ހުކުމް އިއްވީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައިގެންކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލުން މިހެން ބުނެފައި ވަނީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގއާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެގެން 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާއި ގުޅިގެން އެކަމާއި ކަންބޮޑުވުން ފާޅުކޮށް ނެރުނު ނޫސް ބަޔާނުގައެވެ.
ސިޓީ ކައުންސިލުގެ ނޫސް ބަޔާނުގައި ބުނީ ރައީސް ޔާމިންގެ މައްޗަށް އިއްވި ހުކުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރެއްވުމަށް ނިކުންނެވުމުން އެކަމަށް ހުރަސް އެޅުމަށް އިއްވި ހުކުމެއް ކަމަށެވެ. އަދި މި ހުކުމަކީ މާލެ ސިޓީގެ ރައްޔިތުންނާއި ދިވެހި ހުރިހާ ރައްޔިތުންނަށް ލިބިގެން ދިޔަ ބޮޑު ނިކަމެތިކަމެއް ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.
ސިޓީ ކައުންސިލުގެ ބަޔާނުގައި ބުނީ މި ހުކުމަކީ ސިޔާސީ މަންފާއެއް ހޯދުމަށް، ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައިގެން، ފާސިގުންގެ ހެކި ބަސް ނަގައިގެން އިއްވި ހުކުމެއް ކަމަށެވެ. އަދި މި ހުކުމުން އަދުލް އިންސާފުގެ ނިޒާމުގެ ބޭ އިންސާފުކަން ހާމަވާކަމަށްވެސް ސިޓީ ކައުންސިލުގެ ބަޔާނުގައިވެއެވެ.
ރައީސް ޔާމީނަށް ހުކުމް އިއްވީ ފަނޑިޔާރު ގެއަށް ނުފޫޒު ފޯރުވައިގެން ކަމަށް ބުނާ ވާހަކަ ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.

ރައީސް އޮންރަބަލް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ މައްޗަށް 25 ޑިސެމްބަރ 2022 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާމެދު ކަންބޮޑުވުން ފާޅުކޮށް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އިންސާފު ޤާއިމު ކޮށްދެއްވުމަށް އެދި ނެރޭ ނޫސް ބަޔާން. pic.twitter.com/jItx9IGO6I
— Male' City Council (@MaleCitymv) December 26, 2022
ސިޓީ ކައުންސިލުގެ ނޫސް ބަޔާނުގައި ބުނީ ރައީސް ޔާމިންގެ މައްޗަށް އިއްވި ހުކުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރެއްވުމަށް ނިކުންނެވުމުން އެކަމަށް ހުރަސް އެޅުމަށް އިއްވި ހުކުމެއް ކަމަށެވެ. އަދި މި ހުކުމަކީ މާލެ ސިޓީގެ ރައްޔިތުންނާއި ދިވެހި ހުރިހާ ރައްޔިތުންނަށް ލިބިގެން ދިޔަ ބޮޑު ނިކަމެތިކަމެއް ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.
ސިޓީ ކައުންސިލުގެ ބަޔާނުގައި ބުނީ މި ހުކުމަކީ ސިޔާސީ މަންފާއެއް ހޯދުމަށް، ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައިގެން، ފާސިގުންގެ ހެކި ބަސް ނަގައިގެން އިއްވި ހުކުމެއް ކަމަށެވެ. އަދި މި ހުކުމުން އަދުލް އިންސާފުގެ ނިޒާމުގެ ބޭ އިންސާފުކަން ހާމަވާކަމަށްވެސް ސިޓީ ކައުންސިލުގެ ބަޔާނުގައިވެއެވެ.
ރައީސް ޔާމީނަށް ހުކުމް އިއްވީ ފަނޑިޔާރު ގެއަށް ނުފޫޒު ފޯރުވައިގެން ކަމަށް ބުނާ ވާހަކަ ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.
ކިޔުންތެރިންގެ ހިޔާލު