2004 ވަނަ އަހަރުގެ ސުނާމީގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއްރަށް ކަމަށްވާ މ. ކޮޅުފުށީ ޢާއްމުންގެ ގެދޮރު ސުންނާފަތިވެ ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މިއަދުވެސް ކޮޅުފުއްޓަށް ގިނަ ކަންތައްތަކެއް ބޭނުންވާކަމަށް އެ ރަށަށް ނިސްބަތްވާ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސުނާމީއާ ގުޅިގެން ފާހަގަކުރާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބާތުގައި މިއަދު ކޮޅުފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން ވަނީ ކީރިތި ކުރައްވަމުން، ވަރަށް އަސަރާއެކު ސުނާމީގައި ކޮޅުފުއްޓަށް ދިމާވި ކަންކަން ހިއްސާކުރައްވާފައެވެ.
އިމްރާން ވިދާޅުވީ، ކޮޅުފުށީގައި އެދުވަހުގެ ބިރުވެރި މަންޒަރަށްފަހު ވަގުތުކޮޅެއްގެ ތެރޭގައި މަރުވެފައިވާ މައްޔިތުން ވަޅުލުމަށާއި، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ރަށުގެ ކުދިބޮޑު އެންމެ ގުޅިގެން ފެށީ ކަށިން ހިތްވަރު ނެރެގެންކަމަށެވެ. އަދި ހަމަ ނޭވާއެއް ލެވުނުއިރު މައިންބަފައިންނާއި އަނބިދަރިންގެ ތެރެއިންނާއި ގާތްތިމާގެ އެތައް ބަޔަކު އަޅުގަނޑުމެންނާއި އަބަދަށް ވަކިވެގެންދިޔަކަންވެސް އިމްރާން ކީރިތި ކުރައްވަމުން ފާހަގަކުރެއްވިއެވެ.
އިމްރާން ވިދާޅުވީ ސުނާމީއަށްފަހު ކޮޅުފުއްޓަށް ދިމާވީ ވަރަށް ދަތި ހާލަތެއްްކަމަށެވެ. އެގޮތުން ކައްކާނެގޮތެއް، ލާނެ ހެދުމެއް، ވަންނާނެ ގެދޮރެއް، ފައި ޖައްސާނެ ހިކިފަސްކޮޅެއް ނެތް ޙާލުގައި އެ ރަށު ރައްޔިތުން ތިބިކަން އިމްރާން ފާހަގަކުރެއްވިއެެވެ.
"އެންމެންނަށް ޖެހުނީ ރަށުގެ ބަނދަރަށް ނިކުންނަން. ތުއްތު ކުދިންޖެހުނީ ފަޅު ދޯނީގައި ނިންދަވަން. ދުވަހުގެ އިރުއޮއްސިގެން ދިޔައީ ކަޅު އަނދިރިއާއި ނާމާންކަމުގެ ޖަންގައްޔެެއްގެ ތެރޭގައި." ވަރަށް އަސަރާއެކު މިނިސްޓަރ ވިދާޅުވިއެވެ.
ނަމަވެސް ސުނާމީގެ އެބިރުވެރި އެޙާލަތުން އަރައިގަތުމަށް ކޮޅުފުށީ ރައްޔިތުންގެ ފަރާތުން ފެނިގެންދިޔައީ އޯގާތެރިކަމާއި ހިތްވަރުގެ ތަފާތު ނަމޫނާއެއްކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރ އިމްރާންގެ ވާހަކަފުޅުގައި ސުނާމީގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަންޖެހޭކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތަކެއް ބޭނުންވާކަން އިމްރާން ފާހަގަކުރެއްވިއެެވެ.
އިމްރާން ވިދާޅުވީ ވޭތުވެދިޔަ ހުރިހާ ސަރުކާރުތަކަކުން ކޮޅުފުއްޓަށް ކޮށްދިން މަސައްކަތަށްވުރެ މި ސަރުކާރުގެ 4 އަހަރުތެރޭގައި ކުރެވުނު މަސައްކަތް ނުބައްދަލުކަމަށެވެ.

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން. pic.twitter.com/kzLBWp5eEe
— Home Ministry, MV (@HomeMinistrymv) December 26, 2022
"އެންމެންނަށް ޖެހުނީ ރަށުގެ ބަނދަރަށް ނިކުންނަން. ތުއްތު ކުދިންޖެހުނީ ފަޅު ދޯނީގައި ނިންދަވަން. ދުވަހުގެ އިރުއޮއްސިގެން ދިޔައީ ކަޅު އަނދިރިއާއި ނާމާންކަމުގެ ޖަންގައްޔެެއްގެ ތެރޭގައި." ވަރަށް އަސަރާއެކު މިނިސްޓަރ ވިދާޅުވިއެވެ.
ނަމަވެސް ސުނާމީގެ އެބިރުވެރި އެޙާލަތުން އަރައިގަތުމަށް ކޮޅުފުށީ ރައްޔިތުންގެ ފަރާތުން ފެނިގެންދިޔައީ އޯގާތެރިކަމާއި ހިތްވަރުގެ ތަފާތު ނަމޫނާއެއްކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރ އިމްރާންގެ ވާހަކަފުޅުގައި ސުނާމީގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަންޖެހޭކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތަކެއް ބޭނުންވާކަން އިމްރާން ފާހަގަކުރެއްވިއެެވެ.
އިމްރާން ވިދާޅުވީ ވޭތުވެދިޔަ ހުރިހާ ސަރުކާރުތަކަކުން ކޮޅުފުއްޓަށް ކޮށްދިން މަސައްކަތަށްވުރެ މި ސަރުކާރުގެ 4 އަހަރުތެރޭގައި ކުރެވުނު މަސައްކަތް ނުބައްދަލުކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު