ރާއްޖޭގެ ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ އިސްކަންދެއްވީ މުޖްތަމަޢުގައި ޞުލްޙަވެރިކަން ޤާއިމުކުރުމާއި ދިވެހިން އެއްބައިވަންތަކޮށް، އެކުވެރިކަމާއެކު ހަމަޖެހިގެން ދިރިއުޅުމުގެ ފުރުޞަތު ހޯދައިދިނުމަށްކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.
އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ކޮޅުފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު އޮތް އެންމެ އުނދަގޫ ކަމަކަށްވީ، ސިޔާސީ ކޯޅުންތަކުގެ ސަބަބުން މުޖްތަމައުަގައި އަމާންކަމާއި ސުލްހަވެރިކަން ގެއްލިފައި އޮތުންކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި އާންމުންގެ މެދުގައި ސުލްހަވެރިކަމާއި އެއްބައިވަންތަކަން ގާއިމްކުރެވޭނީ ރައްޔިތުންނަށް ޚިދުމަތްތައް ދިނުމުގައި ތަފާތުކުރުން ނައްތާލައިގެންކަމަށެވެ. އަދި ހަމަހަމަކަމާއިއެކު ޚިދުމަތްތައް ފޯރުކޮށްދީގެން ނޫނީ ސުލްހަމަސަލަސްކަން ގާއިމްނުކުރެވޭނޭކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވުމަށްފަހު އެންމެ ފުަރަތަމަވެސް މަސައްކަތް ކުރެއްވީ މުޖްތަމަޢުގައި ޞުލްޙަވެރިކަން ޤާއިމުކުރުމާއި ދިވެހިން އެއްބައިވަންތަކުރުމަށްކަމަށެވެ. އަދި ވެރިކަމުގައި ހޭދަކުރެއްވި ކޮންމެ ދުވަހަކީވެސް އާންމުންގެ މެދުގައި އެއްބައިވަންތަކަން ގާއިމްކުރުމަށް މަސައްކަތްކުރެއްވި ދުވަހެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ފެށި ކޮންމެ މަޝްރޫޢެއްގެ އަމާޒަކީ، ވަކި ރަށެއް ތަފާތުނުކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެ ޚިދުމަތެއް ފޯރުކޮށްދިނުން." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ރައްޔިތުން އަސާސީ ޚިދުމަތްތަކުން މަހުރޫމްވެފައި ތިބޭތާ އެތައް އަހަރެއް ވެފައިވާ ކަމަށާއި ނަމަވެސް މި ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ އެ ޚިދުމަތްތައް އެންމެ ފުރިހަމައަށް ގާއިމްކޮށްދިނުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު