މ. އަތޮޅު ކޮޅުފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ގާއިމްކުރާ 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިހެން ވިދާޅުވީ ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ކޮޅުފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ކޮޅުފުށީގެ ތަރައްގީއަށްވެސް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލައަށްވެސް ހައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
"މިރަށުގައި ގާއިމްކުރާ 100 ހައުސިންގ ޔުނިޓްގެ މަސައްކަތްވެސް މިދިޔަ މަހު މެދުކަނޑާލަން ޖެހުނީ އެކަން ހަވާލުކުރި ފަރާތުން އެކަމުގައި ކުރިއަށް ނުދެވިގެން. އެހެންނަމަވެސް އެ މަސައްކަތް އަޅުގަނޑުމެން ހުއްޓައެއް ނުލާނަން. އެހެން ފަރާތަކާ މަސައްކަތް ހަވާލުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް. ވަރަށް އަވަހަށް އެ މަސައްކަތް ފެށޭނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަސާސީ ކަންކަން ގާއިމްކުރުމަށް ސަރުކާރުން ފެށި ކޮންމެ މަސައްކަތެއްގެވެސް އަމާޒަކީ އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި ތަރައްގީ ފޯރުކޮށްދިނުންކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ކޮޅުފުއްޓަކީ ހުރިހާ ހިދުމަތްތަކެއްވެސް ފުރިހަމައަށް ލިބޭނެ ރަށަކަށް ހެއްދެވުމަށްކަމަށެވެ. އެގޮތުން ފެނުގެ ނިޒާމް ގާއިމްކުރުމާއި އިންޖީނުގެ ގާއިމްކުރުން ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އަންނަ އަހަރު ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށޭނެކަމަށް ވިދާޅުވިއެވެ. އަދި އޭގެއިތުރުންވެސް ކައުންސިލުން އެދިވަޑައިގަންނަވާ ކަންކަމަށް އެދެވޭ ހައްލުތަކެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ އަރުވާފައެވެ.

— The President's Office (@presidencymv) December 26, 2022

ކިޔުންތެރިންގެ ހިޔާލު