26 ޑިސެމްބަރު 2004 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ކުރެވުނު ތަޖުރިބާތައް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ހިއްސާކުރައްވައިފިއެވެ.
ރާއްޖެއަށް މިހާތަނަށް ކުރިމަތިވި އެންމެ ހިތްދަތި ހާދިސާ ހިނގި ދުވަހުގެ ތަޖުރިބާތައް ރައީސް ހިއްސާކުރެއްވީ ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް މ. ކޮޅުފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސުނާމީގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ކޮޅުފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއަށް ސުނާމީ އެރިއިރު އެމަނިކުފާނު ހުންނެވީ އާއިލާއާއެކު އުފަން ރަށް، ޅ. ހިންނަވަރުގައިކަމަށެވެ.
ރައީސް ވިދާޅުވީ ލޮނުގަނޑު ރަށު ތެރެއަށް އަރައިގެން އައިސް، ގޭތެރެއަށް ވަދެ، އެ ރާޅު ފާބައިގެން ދިޔައިރުގައި މުޅި ރަށް ދޮވެލައިގެން އެ ދިޔަ ގޮތް އެއީ އެދުވަހު އެތަނުގައި ހުރި މީހަކަށް ނޫނިއްޔާ އިހުސާސް ކުރެވޭނެ ކަމެެއް ނޫންކަމަށެވެ.
"އަޅުގަނޑުގެ އަންހެނުންނާއި ދެ ކުދިންނާއި، މުޅި އާއިލާ އެކީ ތިބީ ރަށުގައި. އަޅުގަނޑުގެ ދޮށީ ދަރިފުޅު 9 އަހަރުގެ ޒާރާ... އިނީ ގޭކުރިމަތީގައި އިން ގަހެއްގައި. 7 އަހަރުގެ ފިރިހެން ދަރިފުޅު އިނީ ފާރެއް މަތީގައި. މުޅި އާއިލާ ރަށުގައި. އަޅުގަނޑު ހިތުން އެ ދުވަހު ކޮޅުފުއްޓަށް ވީގޮތަކީ އަޅުގަނޑު ދުށް މަންޒަރަށްވުރެ މާ ހިތާމަވެރި ދުވަހެއް. މާ ބިރުވެރި ދުވަހެއް." ކީރިތި ކުރައްވަމުން ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ތާރީހަށް ބަލާއިރު ރާއްޖެއަށް ކުރިމަތިވި އެންމެ ހިތާމަވެރި އަދި އެންމެ ގިނަ ބަޔަކު އެއްފަހަރާ މަރުވި ކާރިސާއަކީ، 26 ޑިސެމްބަރު 2004 ގައި ކުރިމަތިވި ސުނާމީ ކާރިސާއެވެ.
82 މީހުން މަރުވެ، 26 މީހަކު ގެއްލުނު އެކާރިސާއަކީ، ރާއްޖޭގެ އުމުރާނީ ތަރައްޤީ އާއި އިޤުތިޞާދު ފުނޑުފުނޑުވެ، ޤައުމުގެ ތަރައްޤީ އެތައް އަހަރެއް ފަހަތަށް ސޮއްސާލި ބިރުވެރި ކާރިސާއެކެވެ.
ސުނާމީގައި ދިވެހިން ދެއްކި އެއްބައިވަންތަކަމާއެކު ކޮންމެ އަހަރެއްގެވެސް ޑިސެމްބަރުމަހުގެ 26 ވަނަ ދުވަސް ފާހަގަކުރަނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު