އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އާރަށުގެ މައްސަލައިގައި އިއްވި ހުކުމުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ނުލިބޭތީ ރައީސް ޔާމިންގެ ވަކީލުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސް ޔާމިންގެ ވަކީލު ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވީ ކްރިމިނަލް ކޯޓުން 11 އަހަރު ދުވަހުގެ ޖަލު ޙުކުމް އިއްޔެ ކުރީގެ ރައީސެއްގެ މައްޗަށް އިއްވިއިރު އަދިވެސް ރިޕޯޓް ނުލިބޭކަމަށެވެ.

"ކޯޓަށް ހާޒިރުވީ 9 ޖެހިއިރު. ޝަރީޢަތް ފެށީ 12 ޖަހަން ކައިރި ވެފައި ހުއްޓާ." ޖަމީލު ވިދާޅުވިއެވެ.

ޖަމީލް ވަނީ ޙުކުމް އިއްވީ ރިޕޯޓް ތައްޔާރުނުކޮށް ތިބެތޯވެސް ސުވާލުކުރައްވާފައެވެ.



ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ރައީސް ޔާމީނަށް ދީފައި ނުވާއިރު، އެ ރިޕޯޓް ލިބިގެން ނޫނީ މައްސަލަ އިސްތިއުނާފް ނުކުރެވޭނެ ކަމަށް ވަކީލުން ވިދާޅުވެއެވެ.

ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ނުލިބިގެން އިދިކޮޅު ފަރާތްތަކުން މިހާރު ދަނީ ކްރިމިނަލް ކޯޓު ހުންނަ ސަރަހައްދުގައި އަޑު އުފުލަމުންނެވެ.

ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ނުދޭއިރު، އިއްޔެ ލައިވް ކުރި ޝަރީއަތުގެ ވީޑިއޯ ލިންކުވެސް ވަނީ ޔޫޓިއުބުން ޑިލީޓްކޮށްލާފައެވެ.



ކިޔުންތެރިންގެ ހިޔާލު