ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް އިއްވުމާއި ގުޅިގެން ރޭ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލައިފިއެވެ.

އިދިކޮޅުން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާއިން 16 މީހަކު ހައްޔަރުކުރިއެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ޕާޓީގެ ކައުންސިލް މެމްބަރުންނާއި ދާއިރާގެ ރައީސުންވެސް ހިމެނެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުޒާހަރާއިން ހައްޔަރުކުރި އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު