އައްޑޫއަށްޓަކައި ރައީސް ސާލިހާއެކު ތިބުން ލާޒިމްކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު ވިދާޅުވީ މި ދައުރާއި ހަމައަށް އައްޑޫ ސިޓީ އޮތީ ބާކީކޮށްފައިކަމަށެވެ. ނަމަވެސް ރައީސް ސާލިހު ސަރުކާރުން ދަނީ މުޅި އައްޑޫ ބަދަލުކޮށްލުމަށް އެތައް ބިލިއަން ރުފިޔާއެއް ހަރަދުކުރަމުންކަމަށްވެސް ނިހާދު ވިދާޅުވިއެވެ.

ނިހާދު ވިދާޅުވީ އައްޑޫ ދެކެ ލޯބިވާ ހެޔޮ ރައީސެއް ލިބުމަކީ ލިބުނު ނިއުމަތެއްކަމަށެވެ. އަދި އައްޑޫއަށްޓަކައި ރައީސް ސާލިހާއެކު ތިބުން ލާޒިމްކަމަށްވެސް ނިހާދު ވިދާޅުވިއެވެ.



އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރިގަދަވެފައިވާއިރު ރައީސް ސާލީހާއި ރައީސް ނަޝީދު ގެންދަވަނީ ތާއީދު ހޯއްދެވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން ރައީސް ސާލީހު ގެންދަވަނީ ބައެއް ރަށްރަށަށް ރަސްމީ ދަތުރުފުޅުތައް ކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު