އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ކުރި ހުކުމާއި ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަަށް ގޮވާލާ މާލޭގައި ކުރިއަށް ގެންދާ މުޒާހަރާއިން ބަޔަކު ހައްޔަރުކޮށްފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިން ދައުވާ ސާބިތުވެ 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލުގެ ހުކުމާ ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުން ގެންދަނީ މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ މުޒާހަރާ ކުރަމުންނެެވެ.
މުޒާހަރާގެ ބައިވެރިން އަންނަނީ "ހަރާމް ހުކުމް" އަކުން ޖަލަށް ލާފައިވާ ރައީސް ޔާމީން މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލަމުންނެެވެ. އަދި ސަރުކާރުގެ އިސް ބޭފުޅުންގެ އިސްތިއުފާއަށްވެސް މުޒާހަރާގެ ބައިވެރިން އަންނަނީ ގޮވަމުންނެެވެ.
މުޒާހަރާގެ ބައިވެރިން ވަނީ މުލީއާގެ ކައިރިއަށް އެއްވެފައެވެ. މުލިއާގެ ސަރަހައްދުން ފުލުހުންގެ ބެރިކޭޑް ހުރަސްކޮށް ވަންނަން މަސައްކަތް ކުރުމުން ބައެއް މީހުން ވަނީ ހައްޔަރުވެސް ކޮށްފަ އެވެ.
އިދިކޮޅު އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ މުޒާހަރާ ތެރެއިން މިހާތަނަށް 8 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އިދިކޮޅު މުޒާހަރާ ހުއްޓުވަން އެސްއޯ ފުލުހުންނާއި ސިފައިން ހަތިޔާރާއެކު މަގުމަތީގައި މިހާރު ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.
އިދިކޮޅުން ބުނީ މުޒާހަރާ ރޫޅާލުމަށް ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރަމުންދާ ކަމަށެވެ.
ފުލުހުން ބުނީ މުޒާހަރާއާ ގުޅިގެން 16 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި އެ ޕާޓީގެ ސެނެޓަރުންނާއި ދާއިރާތަކުގެ ރައީސުން ހިމެނޭ ކަމަށް ޕީޕިއެމުން ބުނެއެވެ.
ރައީސް ޔާމީނުގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވެ ޖަލަށްލުމަށް ހުކުމް ކުރުމުން އެމަނިކުފާނު މިހާރު ވަނީ މާފުށީ ޖަލަށް ގެންގޮސްފަ އެވެ. ރައީސް ޔާމީނަށް އިއްވި ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު