އެންމެ ބޮޑެތި ވަގުން ތިބީ ގޭގައި ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަޙްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމަށް މިއަދު އިއްވި ޖަލު ހުކުމާއި ގުޅިގެން، ގާނޫނީ ދާއިރާގައި ފުންނާބު އުސް އަދި ކުރީގެ ޕީޖީ މުއިއްޒު ވިދާޅުވީ، އެންމެ ބޮޑެތި ވަގުން ތިބީ ގޭގައި ކަމަށާއި އަނެއްބަޔަކު ތިބީ ރާއްޖޭން ބޭރުގައި ކަމަށެވެ.
މުއިއްޒު މިފަދައިން ވިދާޅުވިނަމަވެސް، އޭނާގެ ވާހަކައިގައި އެ ވިދާޅުވީ ކޮން ބައެއްގެ ވާހަކައެއްކަމެއް ކަނޑައެޅިގެން ވިދާޅެއް ނުވެއެވެ. ނަމަވެސް، ދައުލަތުން ގެއްލިފައިވާ ފައިސާތަކުގެ މައްސަލާގައި ބޮޑެތި މަންފާތައް ލިބުނު މީހުން ތިބީ ހިމާޔަތް ލިބިގެންކަމަށް މުއިއްޒު ގެންދަވަނީ ވިދާޅުވަމުންނެވެ.
މުއިއްޒު ވިދާޅުވި ފަދައިން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ތުހުމަތު ކުރެވޭ ބައެއް މީހުން އަދިވެސް ތިބީ ރާއްޖެއިން ބޭރުގައެވެ.
އެމްއެމްޕީއާރްސީގެ މައްސަލާގައި ގިނަ ބަޔަކަށް ތުހުމަތު ކުރެވިފައިވާއިރު ރައީސް ޔާމީންގެ އިތުރުން ދައުވާ އުފުލާފައި ވަނީ މަދުބައެއްގެ މައްޗަށެވެ.
މަނީލޯންޑަރު ކުރުމާއި ރިޝްވަތުގެ ފައިސާގައި ހިފުމުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް މިއަދުވަނީ 11 އަހަރަށް ޖަލަށް ލުމަށާއި 77 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ.

Emme bodethi vagun thibee geyga. Aneh bayaku raajjein beyruga. https://t.co/vRcbtcIC03
— Ahmed Muizzu (@AhmedMuizzu) December 25, 2022
އެމްއެމްޕީއާރްސީގެ މައްސަލާގައި ގިނަ ބަޔަކަށް ތުހުމަތު ކުރެވިފައިވާއިރު ރައީސް ޔާމީންގެ އިތުރުން ދައުވާ އުފުލާފައި ވަނީ މަދުބައެއްގެ މައްޗަށެވެ.
މަނީލޯންޑަރު ކުރުމާއި ރިޝްވަތުގެ ފައިސާގައި ހިފުމުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް މިއަދުވަނީ 11 އަހަރަށް ޖަލަށް ލުމަށާއި 77 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު