ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިން ދައުވާ ސާބިތުވެ އެމަނިކުފާނު 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން ނިންމާފައިވާކަމަށް، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމްގެ އިސްވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވާތީ ރައީސް ޔާމިން ފަސް މިލިއަން ޑޮލަރުން (77 މިލިއަން ރުފިޔާ އިން) ޖޫރިމަނާކޮށް ހަތް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރާ ކަމަށެވެ. އަދި އެމައްސަލައިގައި ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ރައީސް ޔާމިންގެ މައްޗަށް ސާބިތުވާތީ ހަތަރު އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރާ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައިވެއެވެ.
ކްރިމިނަލް ކޯޓުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ކްރިމިނަލް ކޯޓުން ޔާމީނަށް އިއްވި ހުކުމްގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓް ލިބުމާއެކު އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރަށްވާނެ ކަމަށެެވެ. އަދި އެމައްސަލަ މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފްކޮށް ދަށުކޯޓުގެ ހުކުމް ބާތިލްކޮށް ރައީސް ޔާމިން މިނިވަންކުރަށްވާނެ ޑރ.ޖަމީލް ވިދާޅުވިއެވެ.
"ލަސްތަކެއް ނުވެ އިސްތިއުނާފީ ކޯޓަށް އެމައްސަލަ ވަދެގެންދާނެ، އަޅުގަނޑުމެންނަށް އެއްވެސް ޝައްކެތް ނެތް މިއަދު ފަނޑިޔާރު ހެއްދެވީ ގާނޫނީ ގޮތުން ބޮޑެތި ގޯސްތަކެއްކަން އަޅުގަނޑުމެންނަށް ވަރަށް ޔަގީން ކަށަވަރުކަން އެބައޮތް އިސްތިއުނާފީ ކޯޓަކުން މި މައްސަލައަށް ކިރިޔާ ވެސް ނަޒަރު ހިންގާލައިފިކަމަށް ވާނަމަ ރައީސް ޔާމިން މައުސޫމް މީހެއްގެ ގޮތުގައި އެނބުރި ތިބޭފުޅުންނާއި ބައްދަލުވެވަޑައިގަންނަވާނެ ކަމުގެ" ޑރ.ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ އިސްތިއުނާފް މަރުހަލާގެ ޝަރީއަތްތައް ކުރިއަށްދާ އިރު، ފަނޑިޔާރު ހެއްދެވި ގޯސްތައް ހާމަ ކުރައްވާނެ ކަމަށެވެ. އެގޮތުން ޔާމީން މަގާމުގެ ނުފޫޒު ފޯރުވުމަށް އިރުޝާދު ދެއްވި ގޮތެއް ހާމަކުރައްވާފައި ނުވާ ކަމަށާއި ދިފާއުން ހުށަހެޅި ހެކިތަކަށް ބާރު ނުދޭންވީ ސަބަބުތަކެއް ވެސް ހުކުމްގައި ސާފްކޮށްދީފައިނުވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.
ޑރ. ޖަމީލު ވިދާޅުވީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުކުރުމަކީ ދައުލަތުގެ ކަމެއް ކަމަށެވެ. ނަމަވެސް އެ މިންވަރަށް ކުށް ސާބިތުކުރެވޭނެ ހެއްކެއް މި މައްސަލާގައި ދައުލަތުން ހުށަހަޅާފައި ނެތްކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.
"މި ޝަރީޢަތުގައި ކުރި ދެ ތުހުމަތު ސާބިތުކުރަން އެންމެ ހެއްކެއްވެސް ހުށަހެޅިފައިނުވޭ. ރައީސް ޔާމީނުގެ މަޤާމުގެ ނުފޫޒު ހިންގަވައިގެން ކުރެއްވި އަމަލަކީ ކޮބައިކަމެއް އަދި އެ އަމަލު ކުރެއްވިކަމުގެ އެއްވެސް ހެއްކެއް ހުށަހެޅިފައިނުވޭ،" ޑރ. ޖަމީލު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު