ކުރީގެ މަޖިލިސް މެންބަރު ޔޫސުފް ނައީމް 3 އަހަރާއި ދެމަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
މިއަދު ހުކުމް ކުރުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އިސްމާއީލް ޝަކީލް ވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށް ކުއްޔަށް ދޫކުރަން ޔާމީން މަސައްކަތް ކުރި ކަމަށާއި ޔޫސުފް ނައީމަށް އެރަށް ދިނުމަށް އުޅުނުކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާފުވާކަމަށެވެ.
އަދި އެ މަގުސަދުގައި ޔޫސުފް ނައީމް ރިޝްވަތުދީ ރައީސް ޔާމީން ރިޝްވަތު ހިފާފައިވާކަން އެ ދެ މީހުންގެ މައްޗަށް ސާބިތުވާކަމަށާއި އަދި ރައީސް ޔާމީން މަނީލޯންޑަރ ކުރެއްވިކަން ވެސް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މިއަދުވަނީ ކަނޑައަޅާފައެވެ.
އެ މައްސަލާގައި ޔޫސުފް ނައީމްގެ މައްޗަށް އިއްވި ހުކުމްގައި ބުނެފައިވަނީ، ދައުލަތުގެ އިސްމަގާމެއްގައި ހުރި މީހަކަށް ރިޝްވަތު ހުށަހެޅި މައްސަލާގައި ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ށ ގެ ދަށުން ޔޫސުފް ނައީމް ކުށްވެރި ވެއްޖެކަމަށް ކަނޑައަޅައި، 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރާކަމަށެވެ.
ޔޫސުފް ނައީމްގެ ފަރާތުން ކޯޓުގައި ވަނީ، އެ އަދަދު ލުއި ކޮށްދީ، ޖަލު ހުކުމް ޖޫރިމަނާފަދަ އަދަބަކަށް ބަދަލު ކޮށްދޭތޯވެސް އެދިފައެވެ. ނަމަވެސް، ކޯޓުން ނިންމީ، އެކަން ކޮށްފައިވަނީ ދައުލަތުގެ އެންމެ އިސް މަގާމުގައި ހުރި މީހާއަށް ރިޝްވަތު ހުށަހަޅައިގެން ކަމަށްވާތީ އަދަބު ލުއިކޮށް ބަދަލުކޮށްދެވެން ނެތްކަމަށެވެ.
މި މައްސަލާގައި ޔޫސުފް ނައީމްގެ އިތުރުން ރައީސް ޔާމީނަށް ވެސް ވަނީ އަދަބު ކަނޑައަޅާފައެވެ. އެގޮތުން މަނީލޯންޑަރ ކުރުމާއި ރިޝްވަތު ގަބޫލުކުރިކަމުގެ ކުށުގައި ދެ ކުށުގެ އަދަބެއްގެ ގޮތުން ޔާމީންވަނީ 77 މިލިއަން ރުފިޔާއާއިން ޖޫރިމަނާކޮށް 11 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު