މަނީލޯންޑްރިން އަދި ރިޝްވަތުގެ ކުށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ކުރީގެ ރައީސް ޔާމީންގެ މައްޗަށް ސާބިތުވާކަމަށް ކަނޑައެޅިނަމަވެސް، ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅުގެ ކެންޑިޑޭޓަކަށް ވާނީ ރައީސް ޔާމީން ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި އޮތް ހުކުމް އިއްވުމުގެ އަޑުއެހުމުގައި ޔާމީންގެ މައްޗަށް ދެ ކުށްވެސް ސާބިތުވާކަމަށް ކަނޑައެޅުމާއިއެކު ދައުލަތުން ވަނީ 19 އަހަރުގެ ޖަލުހުކުމެއް ޔާމީނަށް އިއްވުމަށް އެދިފައެވެ.
ޝަރީއަތުގެ އަޑުއެހުމަށްފަހު އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ވިދާޅުވީ، އުންމީދު ގެއްލުވާ ނުލާނެ ކަމަށާއި މަސައްކަތް ހުއްޓާލާނީ 2023 ގެ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބު ކޮށްދީފައި ކަމަށެވެ.
އަދި އިދިކޮޅުން ކުރަމުން އަންނަ މަސައްކަތުގައި ސަޕޯޓަރުން ސާބިތުވެ ތިބުމަށް ވެސް އަދުރޭ ވަނީ އެދިވަޑައިގެންފައެވެ.
ދެން ޕީޕީއެމުން ނުކުންނާނީ ދޭތިން އެކައްޗަށް ކަމަށާއި އަތޮޅުތަކުގައި ތިބި ސަޕޯޓަރުންވެސް މާލެ އެރުމަށް އަދުރޭ ވަނީ ގޮވާލައްވާފައެވެ.
ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމާއިއެކު ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރެއްވުމަށް މިވަނީ ހުރަސްއެޅިފައެވެ. ނަމަވެސް، ޕީޕީއެމުން ތިބީ އިތުރު ކެންޑިޑޭޓަކު ނެރޭގޮތަށް ނޫންކަމަށް އެ ޕާޓީން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު