ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހައްޔަރުކުރި އައްބާސް އާދިލް ރިޒާގެ ބަންދަށް 5 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ އައްބާސް އާދިލް ރިޒާ ހައްޔަރުކުރީ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުންކަމަށެވެ. އައްބާސް ހައްޔަރުކޮށްފައިވާއިރު، އޭނާގެ ނަމުގައި ހުޅުވާފައިވާ ޓްވީޓަރ އެކައުންޓަކުން ވަނީ އިންޑިއާ ހައިކޮމިޝަނުގައި ރޯކޮށްލުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކާފައެވެ.
އައްބާސް މިއަދު ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 5 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.
ބައެއް މީޑިއާތަކަށް މީގެކުރިން ދީފައިވާ މައުލޫމާތުތަކުގައި އައްބާސް ވިދާޅުވެފައި ވަނީ އެ ޓްވިޓަރ އެކައުންޓުން އައްބާސްގެ ނަމުގައި ޓްވީޓްކުރަނީ އޭނާ ނޫންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު